އެސްޕަނިޔޯލް ބަލިކޮށް ރެއާލުގެ މޮޅުވުމުގެ ރެކޯޑް ކުރިއަށް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ރެއާލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ރޭ މެޗުން ރެއާލް މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ރެއާލުން ފަސް މެޗު ކުޅެފައިވާއިރު، އެ ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ބާސާއަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ރޭ ބަލިވި އެސްޕަނިޔޯލް އޮތީ […]