ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މަސައްކަތް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެއެވެ.

Ad
rt

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ 11:00 ގައި އެ އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ.