ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 6-0 ގެ ބޮޑު ތަފާތުން ވެލެންސިއާ ބަލިކޮށްފައެވެ.
އުމުރުން 18 އަހަރުގެ ލެމީން ޔަމާލް، ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިނުން ކުޅުނު ދެ މެޗުގައި ވެސް ބޮޑުބައިގައި ކުޅުނެވެ. އަނިޔާގައި ހުރި ޔަމާލް ލައްވައި ދެ މެޗު ކުޅުވުމުން ބާސާއިން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައެވެ. ޔަމާލްގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ މިވަގުތު ހުރީ ކުޅުމާއި ދުރުގައެވެ. ޔަމާލް ކުޅުމާއި ދުރުގައި ހުންނަންޖެހޭނީ ކިހާ މުއްދަތެއްގައިކަން މިހާތަނަށް ބާސާއިން ކަށަވަރު ކޮށްދީފައިނުވެއެވެ.
ބާސާގެ އެޓޭކްގައި އެންމެ މުހިންމު ކުޅުންތެރިއާކަމަށްވާ ޔަމާލް ނުލައި ވެސް ރޭ މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބާސާގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ފާމިލް ލޮޕޭޒްއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ބާސާ ކުރީގައި އޮވެގެންނެވެ.
ބާސާއިން ފަހު ހާފުގައި ފަސް ލަނޑު ޖެހިއެވެ. އޭގެތެރެއިން ދެ ލަނޑު ލެވަންޑޯސްކީ ޖަހައިދިންއިރު ރަފީނިއާ ވެސް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ފާމިން ލޮޕޭޒްއެވެ.
ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ހޯދި 12 ޕޮއިންޓާއިއެކު ރެއާލް މެޑްރިޑް އެއްވަނާގައި އޮތްއިރު، ދެވަނާގައި ބާސާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!