އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗުން ފަހުވަގުތު މޮޅުވެ، ލިވަޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މި މެޗުގައި ލިވަޕޫލުން ބާންލީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއިއެކު އެ ޓީމް މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ.
އަމިއްލަ ދަނޑުގައި ބާންލީން ރޭ މެޗު ފަށާފައިވަނީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. އެގޮތުން އެ ޓީމުން މުޅި މެޗުގައި ހެން ލިވަޕޫލު ހުއްޓުވިއެވެ. މެޗުގައި ބާންލީއަށް އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހުނީ 84 ވަނަ މިނެޓުގައި އެ ޓީމްގެ ލެސްލީ އުގޮޖުކްވޫ އަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.
މެޗުން ލިވަޕޫލު މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީން ސަލާހް ކާމިޔާބުކުރި ލަނޑުންނެވެ. ލިވަޕޫލަށް ޕެނަލްޓީ ދީފައި ވަނީ، އެ ޓީމްގެ ޖެރެމީ ފްރިމްޕޮން ނެގި ހުރަހެއް ބްލޮކްކުރަން އުޅުމުގެ ތެރޭގައި، ބާންލީގެ ހަނިބަލް މެޖްބްރީ އަތުން ބޯޅައިގައި ޖެއްސުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!