ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުނާއި ގުޅޭ އާ އުސޫލުތައް އާންމުކޮށްފި
ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާއި ގުޅޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމުކޮށްފިއެވެ. 21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭއިން ވަނީ ދިވެހިންނާއި އަދި ވޯކް ޕަރމިޓް ހޯލްޑަރުނާއި މެދު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލު ކުރެވެމުންދާނެ އުސޫލުތައް އާންމުކޮށްފައެވެ. އެ އުސޫލުތަކުގައި ބުނެފައިވަނީ އިސްވެ ދެންނެވުނު ފަރާތްތަކުން ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނާތީޖާއެއް އޮންނަނެ ޖެހޭނެ ކަމަށެވެ. […]