ހދ. ހަނިމާދޫއާއި އެ އަތޮޅު ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމަށް މިއަދު ދެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގައި މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަދި އެ ރަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ.
ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައި މިވަނީ 79.3 މިލިއަން ރުފިޔާއަށް 330 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މީގެއިތުރުން މި ރަސްމިއަޔާތުގައި ވަނީ ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފަ އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 53.5 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
79,393,199.70 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް.
— Min.of National Planning, Housing & Infrastructure (@MoNPHImv) July 18, 2021
ހަނިމާދޫއާއި ނޮޅިވަރަންފަރުގައި މި ހައުސިން ޔުނިޓްތައް ހަދަންފަށާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ހދ.ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓް މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި.
53,544,424.97 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/IO771H1azJ
— Min.of National Planning, Housing & Infrastructure (@MoNPHImv) July 18, 2021
2011 ވަނަ ފަހަރު ހަދަންފެށި ހައުސިން ޔުނިޓްތަކުގެ މަސައްކަތް 2014 ވަނަ އަހަރު ހުއްޓުމަށް ފަހު މި ފާއިތުވެ ދިޔަ ހަވަރަކަށް އަހަރު ވެސް އެތަނުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!