Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހަނިމާދޫ ގެއެއްގެ މަސްފެންގަނޑަށް ޕެޓްރޯލްއަޅައި މަސްތައް މަރާލުން، އާންމު ވަމުން އަންނަ ސީރިއަސް މައްސަލައެއް
Thiladhunmathi News

ހަނިމާދޫ ގެއެއްގެ މަސްފެންގަނޑަށް ޕެޓްރޯލްއަޅައި މަސްތައް މަރާލުން، އާންމު ވަމުން އަންނަ ސީރިއަސް މައްސަލައެއް

ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުގައި ބެހެއްޓިފައިވާ އެކިވަރުގެ މަސްޓޭންކުތަކާއި، ގޭގައި އޮންނަ ހުސް ބިންކޮޅުގައި ހެދާފައި ހުންނަ މަސް ފެންގަނޑު ތަކުގައި ހިޔާލެއް ފިކުރެއް ނެތި ދުވެލަދުވެލާ އެ ތިބޭ އެކި ކުލަކުލައިގެ މަސްތަކަކީ މިހާރު ދިވެހި އާއިލާތަކުގެ މެމްބަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑު އަގުގައި އެ މަސްތައް ގަނެގެން، ބޮޑު ޚަރަދުކޮށް މަސްތައް ބަލަހައްޓަމުން އަންނަނީ އަޅާލުމާއި ލޯތްބާއި ވަގުތު ދީގެންނެވެ. ވުމާއެކު އެ ތަކެއްޗަކީ އާއިލާގެ ހުރިހާ މެމްބަރުން ވެސް އެހާމެ ލޯބިކުރާ […]

ކުމުންދޫ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފި

ހދ. ކުމުންދޫގައި ދިވެހިސަރުކާރުން، އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއިއެކު ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައި ރަސްމީކޮށް އެތަން ބޭނުންކުރަން ފަށައިފިއެވެ. މިގޮތުން މިއަދުން ފެށިގެން ކުމުންދޫ ކައުންސިލުން އެރަށު އައުޓްޑޯ ޖިމް އާންމުންނަށް ބޭނުން ކުރުމަށް ހުޅުވާލިއިރު، ޖިމް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ގިނަ ކަންތައްތަކެއް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައެވެ. މިގޮތުން އުމުރުން 18 އަހަރުނުފުރޭ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުން ޖިމް ބޭނުން ކުރަންވާނީ...

ވެސްޓްހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އާސެނަލް ޖެހިލައިފި
Sports

ވެސްޓްހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އާސެނަލް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އާސެނަލް މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް އޮބާމަޔަން ނުލައެވެ. އަހުލާގީ މައްސަލަތަކަކާއި ގުޅިގެން އޮބާމެޔަން އަތުން މިދިޔަ އަންގާރަ ދުވަހު ވަނީ އާސެނަލްގެ ކެޕްޓަން ބޭންޑް ވެސް އަތުލާފައެވެ. ރޭގެ މެޗުގައި ކެޕްޓަން ބޭންޑް […]

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
Sports

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ހިތުގެ މައްސަލަތަކެއް ފާހަގަ ކުރެވުމުގެ ސަބަބުން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާން ކޮށްފައި ވަނީ އެކަމަށްޓަކައި ބާސެލޯނާގެ ސްޓޭޑިއަމްގައި މިއަދު ބޭއްވި ހަރަކާތުގައެވެ. އުމުރުން 33 އަހަރުގެ އަގުއޭރޯގެ ހިތުގެ މައްސަލައެއް ފާހަގަ ކުރެވިފައިވަނީ ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން...

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޕީއެސްޖީ
Sports

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޕީއެސްޖީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން އަލުން ގުރުއަތުލުން ބޭއްވުމުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ވާދަކުރަން ޖެހިއްޖެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ޤުރުއަތުލުން ބާއްވާފައި ވަނީ ހޯމަ ދުވަހު ސްވިޓްޒަލެންޑުގެ ނިޔޯނުގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައެވެ. ފުރަތަމަ ގުރުނެގުމުގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރާ ގޮތަށް ގުރުދިމާވުމުގެ އިތުރުން ލިވަޕޫލްގެ ބޯޅަ އެތުލެޓިކ...

އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ހަމަޖެހިލައިފި
Sports

އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ހަމަޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގައި […]

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތިން 24 ޓީމް
Sports

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތިން 24 ޓީމް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކަކުން ބައިވެރިވެއްޖެއެވެ. ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 24 ރަށަކުން ވަނީ ބައިވެރިވެފައެވެ. […]

އޮސަސޫނާ އަތުން ވެސް މޮޅުނުވެވި ބާސާއަށް ނުތަނަވަސްކަން
Sports

އޮސަސޫނާ އަތުން ވެސް މޮޅުނުވެވި ބާސާއަށް ނުތަނަވަސްކަން

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރު ވުމުން ބާސާ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވެއެވެ. ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއަތުން ބަލިވިއިރު، ނިމިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް […]

މިލަންދޫ "ސިކުނޑި ކުޅި" ނޭޗާ ޕާކެއްގޮތުގައި ތަރައްޤީ ކުރުމަށް އެރަށު ޒުވާނުން އަތުކުރި އޮޅާލައިފި
Thiladhunmathi News

މިލަންދޫ "ސިކުނޑި ކުޅި" ނޭޗާ ޕާކެއްގޮތުގައި ތަރައްޤީ ކުރުމަށް އެރަށު ޒުވާނުން އަތުކުރި އޮޅާލައިފި

ށ. އަތޮޅު މިލަންދޫގެ މާކޯ ސަރަހައްދުގައި އޮންނަ ކުޅިއަކީ ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ފެނިގެންދާ ތަނެކެވެ. މިލަންދޫ ސިކުނޑި ކުޅީގެ ނަމުން ނަންދެވިފައިވާ މި ކުޅީގައި އޮންނަ ފެންގަނޑުގެ ވަށައިގެން ހެދިފައިވާ ކަނޑުލާއި ރަނޑުލާއި ތަކަފަތީގެ އިތުރުން ބޮޑާކި ގަސްތަކުގެ ސަބަބުން އެ ސަރަހައްދަށް ލިއްބައިދޭ ފެހިކަމަކީ އެ ސަރަހައްދަށް ޒިޔާރަތް ކުރާ ކޮންމެ މީހެއްގެ ހިތަށް ގުދުރަތީ މާހައުލުގެ ހިތްހަމަޖެހުން ލިތްބައިދޭ ކަންކަމެވެ. ބުނެވޭ ގޮތުގައި “ސިކުނޑި ކުޅި” ގެ ނަމުން އެ ތަނަށް […]

ތިލަދުންމަތިން މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެއްދުމަކީ ކޯޗް ފަޔާގެ އުންމީދެއް!
Column

ތިލަދުންމަތިން މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެއްދުމަކީ ކޯޗް ފަޔާގެ އުންމީދެއް!

ފުޓްބޯޅަ އުނގެނި ދަސްކޮށް އެ ހުނަރު އިތުރު ބަޔަކަށް އުނގައްނައިދީ އެ ދާއިރާއިން ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ އާދަޔާ ޚިލާފް ޝައުޤެއް ހުންނަ ހދ. ހިރިމަރަދޫ، ހުސައިން ފަޔާޒް (ފަޔާ) ގެ ވާހަކަ ވެސް ފަށަން މި ޖެހެނީ ފުރުޞަތުތައް ތޮއްޖެހިފައިވާ ވެރިރަށް މާލެއާއި ފުރުޞަތުތައް މަދު ރާއްޖެތެރޭގެ ވާހަކައިންނެވެ. ރާއްޖޭގައި މަތީ ފަންތީގައި ފުޓްބޯޅަ ކުޅެންވިޔަސް ދާންވީ މާލެއެވެ. ރާއްޖޭގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ޓީމަކަށް ކުޅެންވިޔަސް އަދި ކޯޗުކޮށްދޭން ވިޔަސް ދާންވީ […]

މަސްވެރިންގެ ދުވަހު މަސްވެރިން ބޭނުމީ އެވޯޑެއް ނޫނެވެ!
Column

މަސްވެރިންގެ ދުވަހު މަސްވެރިން ބޭނުމީ އެވޯޑެއް ނޫނެވެ!

ޚިދުމަތެއް ލިބެމުންދާއިރު ޚިދުމަތް ދޭ ފަރާތުގެ މުހިންމުކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. ދިވެހިންގެ ސުފުރާމަތީގައި ދިވެހިން ބާނާ މަހުން ކައްކާ ގަރުދިޔާގެ އިތުރުން މަހުން ތައްޔާރުކުރެވޭ ގިނަ ބާވަތްތައް ތިޔާގިކަމާއިއެކު އަބަދުމެ ލިބެންހުންނައިރު، އެ މަސްބާނާ މަސްވެރިން އެކަމުގައި އުފުލާ ތަކުލީފް އެންމެ ފުރިހަމައަށް ދިވެހިންނަށް ވެސް އިހުސާސް ނުކުރެވި އޮތުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް ދިވެހިންނަށް މަސްވެރިކަމުގެ މުހިންމުކަން ބުނެދިން އެއް ހާލަތެއްގެ މަތިން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. ކ...

ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް
Column

ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […]

ބަޔާން އަތުން ބަލިވެ ބާސާ ޔޫރަޕާ ލީގަށް
Sports

ބަޔާން އަތުން ބަލިވެ ބާސާ ޔޫރަޕާ ލީގަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބަޔާން މޮޅުވުމުން، މުބާރާތުގެ ގަދަ 16 ބުރުން ބާސާއަށް ފުރުޞަތު ގެއްލިއްޖެއެވެ. މިއީ ފާއިތުވި 21 އަހަރުގެ ތެރޭގައި ބާސާއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޖާގަ ނުލިބުން ފުރަތަމަ ފަހަރެވެ. ކޯވިޑް-19 ގެ ކޭސްތައް ޖަރުމަނުގައި އިތުރުވަމުން އައުމާއި ގުޅިގެން، ބާޔާންގެ ދަނޑުގައި ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވެއެވެ. މި މެޗު ބަޔާނުން […]

ޕީއެސްޖީ މޮޅުވިއިރު ސިޓީ ބަލިވެއްޖެ، އެއްވަނަ ސިޓީއަށް
Sports

ޕީއެސްޖީ މޮޅުވިއިރު ސިޓީ ބަލިވެއްޖެ، އެއްވަނަ ސިޓީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް އޭގެ ފަހު މެޗުތަކުގައި ޕީއެސްޖީއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕީއެސްޖީން ކާމިޔާބުކުރިއިރު، މި ގްރޫޕްގައި މެންޗެސްޓާ ސިޓީއާއި އާރުބީ ލެއިޕްޒީގް ބައްދަލުކުރި މެޗު ލެއިޕްޒީގުން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ މި ގްރޫޕްގެ ފަހު މެޗުތައް ކުޅެފައިވާއިރު، ފަހު މެޗުތަކަށް ނުކުތްއިރު ވެސް މި ގްރޫޕުން ސިޓީއާއި ޕީއެސްޖީ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި […]

ލިވަޕޫލުން ރެކޯޑް މޮޅެއް ހޯދިއިރު އެތުލެޓިކޯ ވެސް އަނެއްބުރަށް
Sports

ލިވަޕޫލުން ރެކޯޑް މޮޅެއް ހޯދިއިރު އެތުލެޓިކޯ ވެސް އަނެއްބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް ބީގެ ފަހު މެޗުތަކުގައި ލިވަޕޫލާއި އޭސީމިލާން ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވެ ގްރޫޕް ސްޓޭޖްގެ ހަ މެޗުން މޮޅުވި ހަމައެކަނި އިނގިރޭސި ޓީމުގެ ރެކޯޑް ލިވަޕޫލުން ޤާއިމް ކޮށްފިއެވެ. މި ގްރޫޕްގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އަނެއް ބުރަށް ދަތުރު ކޮށްފައި ވަނީ އެތުލެޓިކޯ މެޑްރިޑެވެ. އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ އަނެއް ބުރުން […]