މުރައިދޫއަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ސަރުކާުރުން ހައްލު ކޮށްދެއްވައިފި
ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ.މުރައިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެ ރަށަށް ފޮނުވައިފިއެވެ. މުރައިދޫއަށް އެ އެމްބިއުލާންސް ގެންގޮސްފައި ވަނީ 10 މެއި 2022 ވީ އަންގާރަ ދުވަހުއެވެ. އައު އެމްބިއުލާންސް ލިބުމާއި ގުޅިގެން މުރައިދޫ ހެލްތު ސެންޓަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް ޒަ...