"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް 11 މެއި 2022 ވާ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ އިތުރުނ ކަސްރަތު ކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ.

Ad
rt

މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ޖުމްލަ ތިން ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގައި މިހާތަނަށް ހަތްދިހައަށް ވުރެ ގިން ފަރާތުން ބައިވެރިވެފައިވާ ކަމުގައި ނޮޅިވަރަންފަރު ޑަބްލިއުޑީސީން މަޢުލޫމާތު ދެއްވައެވެ. މި ޕްރޮގްރާމްގެ އޯޕެނިން ބޭއްވުމަށް ހަމަޖެހިފައި ވަނީ 10 މެއި 2022 ވަނަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައެވެ.