ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނެއްލައިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިލައްވާފައެވެ.

ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއެކޫ 2000 (ދެހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭއިރު، ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމާއިއެކު 1000 (އެއްހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހެއެވެ.

ނެއްލައިދޫ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކެމަށެވެ.