މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ފުނަދޫ ކައުންސިލާއި، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާޅުވެފައި ވަނީ ރަށުގައި މިހާރުވެސް ބައެއް ފަހަރު ޖަމާޢަތްތެރިން ލިބުމުގައި ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށާއި، ވުމާއެކު ކައުންސިލުން އިސްނަގައިގެން މިފަދަ ދެ ޕްރޮގްރާމެއް ފާއިތުވި ތަނުގައި ވެސް ހިންގިފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ މަޤުޞަދަކީ ޖަމާޢަތްތެރިކަމަށް ގިނަ މީހުން ނެރުން ކަމަށާއި ހާއްސަކޮށް ޒުވާނުން މިކަމުގެ ތެރެއަށް ނެރުމަށް ހިތްވަރު ދިނުން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 މެއި 2022 ގެ ކުރިން ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ޖެއްސެވުމަށް ފަހު 9661886 ނުވަތަ 9927374 އަށް މެސެޖް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ޖިންސްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.