މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެންމެފަހުން "ޕޮޓާ އައުޓް"
Sports

އެންމެފަހުން "ޕޮޓާ އައުޓް"

މީގެ ހަތްމަހެއްހާ ދުވަސް ކުރިން އޭރު ޗެލްސީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިކުރުމަށް ފަހު އެ ޓީމްގެ ކޯޗްގެ މަގާމަށް ހަމަޖެއްސި ގްރަހަމް ޕޯޓާއާއިއެކު ނަތީޖާ ނުނެރެވި އެންމެ ފަހުން އޭނާ އެ މަގާމުން ވަކިކުރަން ޗެލްސީން ނިންމައިފިއެވެ. މި ސީޒަން ޗެލްސީ ފަށާފައި ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ވަނީ އޭނާ އެ ކުލަބް ގަތްތާ ތިން މަސްދުވަސް ފަހުން ޓުޗެލް އެ ޓީމްގެ […]

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް 15 ޕޮއިންޓްގެ ލީޑެއް
Sports

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް 15 ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ އެލްޗޭ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ އެލްޗޭގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ބާސާއަށް ވަނީ ދެވަނާގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާސާއަށް ކުޅުނު 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް […]

ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް
Sports

ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް

ދާދި ފަހުން ބަޔާން މިޔުނިކްގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭ ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް 4-2 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗަށް ބަޔާންއާއި ޑޯޓްމަންޑް ނުކުތްއިރު އެއް ޕޮއިންޓްގެ ލީޑަކާއިއެކު ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ފަހަކަށް އައިސް ލީގުގައި ބަޔާންގެ ފޯމް ދައްވެ ޑޯޓްމަންޑްގެ ފަހަތަށް […]

ބްރޭކަށް ފަހު ވެސް އާސެނަލުން ފޯމް ދަމަހައްޓައި ލީޑު ފުޅާކޮށްފި
Sports

ބްރޭކަށް ފަހު ވެސް އާސެނަލުން ފޯމް ދަމަހައްޓައި ލީޑު ފުޅާކޮށްފި

އިންޓަނޭޝަނަލް ބްރޭކަށް ފަހު ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާފައިވާއިރު، އާސެނަލުން ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. މިރޭ އަމިއްލަ ދަނޑުގައި ލީޑްސްއާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި އާސެނަލުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ޖީސަސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. މިއީ ލީޑްސްގެ […]

ފަސޭހަކަމާއިއެކު ލިވަޕޫލް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި
Sports

ފަސޭހަކަމާއިއެކު ލިވަޕޫލް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދި ހަވީރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ލިވަޕޫލުގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް ނުލައެވެ. ހާލަންޑް ވަނީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް ސިޓީއަށް 42 ލަނޑު […]

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ދިހަ ބައިވެރިންނަށް ވެސް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ދީފިއެވެ. ކުރިން މުބާރާތް ރާވާލާފައި އޮތީ ދެވަނަ ބުރުގެ ދެވަނަރެއަށް ހޮވޭ ދިހަ ބައިވެރިން، ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯގައި […]

ހިރަފުހުގެ އަސަރު ކުޑަކުރުމަށް އިހަވަންދޫ މަގުތަކަށް ފެންޖަހަނީ
Thiladhunmathi News

ހިރަފުހުގެ އަސަރު ކުޑަކުރުމަށް އިހަވަންދޫ މަގުތަކަށް ފެންޖަހަނީ

ވިއްސާރަނުވެހި ގިނަދުވަސްތަކެއް ވުމާއި ގުޅިގެން އިހަވަންދޫގެ މަގުތަކުގައި ހިރަފުސް ބޯވެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭތީ އެކަން ހައްލުކުރުމަށްޓަކައި އެ މަގުތަކަށް ފެންޖެހުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އިހަވަންދޫ ކައުންސިލާއި އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއް ކަމަށްވާ ޕޯލް ސްޓާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ކްލަބް ޕޯލްސްޓާގެ ރައީސ...

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ނިންމައި، މުބާރާތުގެ އެންމެ މޮޅު ދިހަ ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ރޭ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، […]

ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ
Thiladhunmathi News

ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ

ހދ. ހަނިމާދޫ ބަނދަރުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި […]

ބެލްޖިއަމުން ޖަރުމަނުގެ މައްޗަށް ތާރީޚީ މޮޅެއް
Sports

ބެލްޖިއަމުން ޖަރުމަނުގެ މައްޗަށް ތާރީޚީ މޮޅެއް

ރޭ ބެލްޖިއަމްއާއި ޖަރުމަނު ބައްދަލުކުރި ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. ރޭ ޖަރުމަނުގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ފާއިތުވި 69 އަހަރު ތެރޭ ބެލްޖިއަމަށް ޖަރުމަނުގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބެލްޖިއަމުން ޖަރުމަނު ބަލިކޮށްފައި ވަނީ 1954 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ދެ ޓީމް ޖުމްލަ 16 ފަހަރެއްގެ މަތީން ބައްދަލުކޮށްފައި ވީ ނަމަވެސް […]

ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފި
Sports

ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފި

މިހާރު ކުރިއަށްދާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ގްރޫޕް އޭގައި ސްޕެއިންއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު ސްކޮޓްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ ސްކޮޓްލެންޑަށް ތާރީޚީ މޮޅެކެވެ. މިއީ ފާއިތުވި 39 އަހަރުތެރޭ ސްކޮޓްލެންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ ސްޕެއިންގެ އައު ކޯޗް ޑެ ލާ ފުއެންޓޭ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ދެވަނަ […]

ޗެލްސީގެ ދަނޑުގައި ހާއްސަ ރޯދަވީއްލުމެއް ބާއްވައިފި
Sports

ޗެލްސީގެ ދަނޑުގައި ހާއްސަ ރޯދަވީއްލުމެއް ބާއްވައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި އެތައްސަތޭކަ މުސްލިމުންނެއް އެއްވެ ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ. މިއީ ޕްރިމިއާ ލީގުގެ ޓީމެއްގެ ދަނޑުގައި މިގޮތަށް ރޯދަ ވީއްލުމުގެ އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އިނގިރޭސި ވިލާތުގައި ޗެރިޓީއަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ “ރަމަދާން ޓެންޓް ޕްރޮޖެކްޓް” އިންނެވެ. ޗެ...

ހއ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ
Thiladhunmathi News

ހއ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން އަތޮޅު ކައުންސިލުނ...

ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އެ ޔުނިޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އޭ ކެޓަގަރީގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ ނޮޅިވަރަންފަރުގެ ރައްޔިތުންނަށެވެ. ބީ ކެޓަގަރީގެ ދަށުން...

ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ބޯގަންވިލާ މަލުގެ ކުލަތަކުން ހއ.ހޯރަފުށި ޒީނަތްތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. “ހޯރަފުށީގެ ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމިގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ. ގޭ ދޮރޯށި މަތިން ފެންނަ ގޮތަށް ބޯގަންވިލާ ހައ...