"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ

4D0FCEBC-9C5D-40CB-B0CB-25ED9E8D47C4

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ނިންމައި، މުބާރާތުގެ އެންމެ މޮޅު ދިހަ ބައިވެރިން ހޮވައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ރޭ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި 15 ބައިވެރިން ކިޔަވާފައެވެ. މި ބައިވެރިންގެ ތެރެއިން ރޭގެ ޝޯއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ބައިވެރިން މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދިއިރު، ރޭ ވަނީ މުބާރާތުން ފަސް ބައިވެރިޔަކު ކަޓާފައެވެ.

މުބާރާތުގެ އެންމެ މޮޅު ދިހަ ބައިވެރިން

މަރިޔަމް ނާޔާ އަޙްމަދު

ޢާއިޝަތު ރީޝް ނަސީމް

ޢާއިޝަތު ރައިނާ ރަޝީދު

ހުސެއިން ޝަހުބާން

އަލް ހާފިޡާ ބައްސާމާ ސްލައިމާން

މަރްޔަމް މަހާ މުޙައްމަދު

އަބްދުﷲ ޒައިން ބިން މުޙައްމަދު

ޢާއިޝަތު ޝައުރާ މުޙައްމަދު

މަރްޔަމް އަޒާ އާދިލް

އަޙްމަދު މާހިލް މުޙައްމަދު

މި ދިހަ ބައިވެރިންނާއި އެކު ކުރިއަށް ގެންދާ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ރޭގެ ކިޔެވުން މިރޭ އޮންނާނެއެވެ. ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި މިރޭ ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ 21:30 ގައެވެ. މުބާރާތުގެ ކިޔެވުން އަޑުއައްސަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ މިރޭގެ ޝޯއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށެވެ. މިރޭ ވެސް މުބާރާތުން ފަސް ބައިވެރިން ވަކިވެގެންދާނެއެވެ.

މުބާރާތުގެ ފައިނަލް ދެ ރެޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފައިނަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 6 އަދި 7، މި ދެ ދުވަހުގެ ރެޔެވެ.

މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިނާމުގެ ގޮތުގައި ފައިސާގެ އިތުރުން އެ ބޭފުޅަކު ބޭނުން އެއްޗެއް ހުށަހެޅިދާނެ ކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވައެވެ. އިނާމް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 7656766، މި ނަމްބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެ ކުލަބުން އެދިލައްވައެވެ.

މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.

މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.

މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް،  އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.

އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި