Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,665 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ބިންހެލުމުގައި މަރުވި އަދަދު 50،000 އިން މައްޗަށް
International

ބިންހެލުމުގައި މަރުވި އަދަދު 50،000 އިން މައްޗަށް

މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 50،000 އިން މައްޗަށް ހިނގައްޖެ އެވެ. ބިންހެލުން އައިތާ ތިން ހަފްތާ ވެގެން ދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އެންމެ ދެ ޕްރޮވިންސެއް ފިޔަވައި އެހެން ސަރަހައްދުތަކުގައި ވަނީ ހުއްޓާލައިފަ އެވެ. ސީރިޔާ އިން މަރުވި އަދަދު މުޅިން ކަށަވަރު ނުވިޔަސް، އެ […]

ޤައުމު ވެއްޓިފައި އޮތް ހިސާބުން ކުރިޔަށް ގެންދެވޭނީ، ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރެވިގެން
Raajje

ޤައުމު ވެއްޓިފައި އޮތް ހިސާބުން ކުރިޔަށް ގެންދެވޭނީ، ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރެވިގެން

ޤައުމު ވެއްޓިފައި އޮތް ހިސާބުން ކުރިޔަށް ގެންދެވޭނީ، މި އަހަރު ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރެވިގެންކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން އެޕާޓީން ނިންމާފައިވާއިރު، މިނިސްޓަރު އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރުމުގެ ޕޯމިއުލަރގެ މަންޒަރު މި ދަނީ ކުރެހެމުން ކުލަޖެހެމުންކަމުގައެވެ. “މާތްﷲ އިރާދ...

އެމްޑީއޭ އިން ނިންމި ނިންމުމަށް ރައީސް މަރުޙަބާ ދަންނަވައިފި
Raajje

އެމްޑީއޭ އިން ނިންމި ނިންމުމަށް ރައީސް މަރުޙަބާ ދަންނަވައިފި

ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް ދިޔުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަރުޙަބާ ދަންނަވައިފި އެވެ. ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާކަމަށެވެ. “އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ...

އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓަށް އަށް ބޮޑު ތަރުހީބެއް
Business

އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓަށް އަށް ބޮޑު ތަރުހީބެއް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވަރކިންގ އިވެންޓެއް ކުރިޔަށް ގެންގޮސްފިއެވެ. މާފުށީގައި “ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން”ގެ ނަމުގައި މިއަދު ކުރިޔަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަ...

ޝާހްގެ އުއްމީދަކީ ޖުމުހޫރީ ދައުރެއްފަށައި، ރަތުން މުޅިރާއްޖެ ފަވާލުން!
Report

ޝާހްގެ އުއްމީދަކީ ޖުމުހޫރީ ދައުރެއްފަށައި، ރަތުން މުޅިރާއްޖެ ފަވާލުން!

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް ބާކީ އޮތީ އެއް ދުވަހެވެ. އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައި ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އޭގެތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ، ޒުވާން، ޖޯޝްހުރި ސިޔާސީ ބޭފުޅެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙްއެވެ. ޖުމްހޫ...

އިގްބާލް: ޖޭޕީ ބަދަހިގުޅުމަކުން ގުޅުވާލަ ދިނުމުގެ އަޒުމްގައި
Report

އިގްބާލް: ޖޭޕީ ބަދަހިގުޅުމަކުން ގުޅުވާލަ ދިނުމުގެ އަޒުމްގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. ޖޭޕީގެ ނައިބު ލީޑަރަކަށް 12 ބޭފުޅެއް ވާދަކުރައްވާއިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ހއ. ވަށަފަރަށް އުފަން، ބޮޑުތިލަދުންމަތީގެ ޚިދުމަތްތެރިޔާ އަލްމަރްޙޫމް ވަށަފަރު އާދަމް ކަލޭފާނު ( ވަށަފަރު އާދަމްބެ)ގެ އިގްބާލް...

ގެފުޅުގެ ބައްޓަމަށް ސައުދީގައި ބިނާކުރާ "ދަ މުބާކް" ސްކައިސްކްރޭޕަރސް ދައްކާލައިފި
International

ގެފުޅުގެ ބައްޓަމަށް ސައުދީގައި ބިނާކުރާ "ދަ މުބާކް" ސްކައިސްކްރޭޕަރސް ދައްކާލައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި، ގެފުޅުގެ ބައްޓަމަށް ބިނާކުރާ “ދަ މުބާކް” ސްކައިސްކްރޭޕަރސް ދައްކާލައިފި އެވެ. ސައުދީ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މިމަޝްރޫޢު އިފްތިތާހްކޮށްދެއްވީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މި ބިޔަ ސްކައިސްކްރޭޕަރސްގެ ފުޅާމިން އަދި ދިގުމިނުގައި 400 މީޓަރު އަދި އުސް މިނުގައިވެސް 400 މީޓަރު ހުންނާނެ އެވެ. މިއިމާރާތަކީ އަލަށް އުފެއްދި ނިއު މުރައްބާ ޑިވެލޮޕްމަންޓް ކޮމްޕެނީ އިން މުރައްބާ ޑިސްޓްރިކްޓްގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ސައުދީގެ ވެރިރަށް ރ...

މާބައިދޫގައި އައިސް ޕްލާންޓެއް އެޅުމާއި ހިންގުން ފެނަކައަށް
Raajje

މާބައިދޫގައި އައިސް ޕްލާންޓެއް އެޅުމާއި ހިންގުން ފެނަކައަށް

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ. ފެނަކައިގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މި މަސައްކަތް ނިންމުމަށް ފެނަކައަށް ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނ...

އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސޫރިޔާއަށް އެހީވާން ހަރަކާތްތަކެއް
Raajje

އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސޫރިޔާއަށް އެހީވާން ހަރަކާތްތަކެއް

ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މަދަނީ ޖަމިއްޔާތަކާއި އައިއޭސީ ގުޅިގެން ފަންޑްރެއިސިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ރާއްޖޭގެ ޢިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި، “އެއް އުންމަތެކޭމީ..!” މި ނަމުގައި ކުރިއަށްގެންދާ ފަންޑް ރެއިޒިންގ ހަރަކާތް ލޯންޗު ކޮށްފައިވަނީ މިއަދު އެވެ. ޕޯސްޓް ބިލްޑިންގުގައި...

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން
Raajje

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން

ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ. އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ. ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް...

ފަތުރުވެރިން މޫދަށް އެރުމަށް، ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި
Raajje

ފަތުރުވެރިން މޫދަށް އެރުމަށް، ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި

ފަތުރުވެރިން މޫދަށް އެރުމަށް، ހއ. ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި އެވެ. ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން މޫދަށް އެރުމަށް ހަމަޖެއްސި ވަގުތީ ސަރަހައްދަކީ އެރަށު އުތުރު ފަރާތުން ހައުސިން ޔުނިޓްތަކާ ދިމާލުން ބައުންޑްރީ ވަކިކޮށްފައިވާ ސަރަހައްދު ކަމަށެވެ. އެސަރަހައްދަކީ ގެސްޓު ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ދިއްދޫއަށް ގެންނަ ފަތުރުވެރިން ބޭނުންކުރުމަށް ވަގުތީ ގޮތުން ހަމަޖެއްސި ސަރަހައްދެއްކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ...

ޓަގް ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ
Raajje

ޓަގް ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ

އެމްޕީއެލް ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޓަގް ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްޕީއެލްގެ މުވައްޒަފުން ކުރި މަސައްކަތުންކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި އެވެ. އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ނޯޓުހާބަރާއި ދިމާ ބޭރުން ދަތުރު ކުރަމުން ދިޔަ ޓަގް ބޯޓެއްގައި ކަމަށާއި އަލިފާން ރޯވެފައިހުރި އިރު ބޯޓުން ދުން އ...

"ބަންޑާރަ ކަޕް 2023"ގައި ޖުމްލަ 29 ޓީމު ބައިވެރިވެއްޖެ
Sports

"ބަންޑާރަ ކަޕް 2023"ގައި ޖުމްލަ 29 ޓީމު ބައިވެރިވެއްޖެ

ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ “ބަންޑާރަ ކަޕް 2023″ގައި 29 ޓީމު ބައިވެރިވެއްޖެ އެވެ. ބަންޑާރަ ކުލަބުން މަޢުލޫމާތު ދެއްވި ގޮތުގައި “ބަންޑާރަ ކަޕް 2023” ފުޓްސަލް މުބާރާތުގެ އަންހެން ބައިގައި 13 ޓީމު ބައިވެރިވެފައިވާއިރު ފިރިހެން ބައިގައި 16 ޓީމު ބައިވެރިވެފައިވެއެވެ. އެކުލަބުން ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓްތައް ހުށައެޅުމަށް އެދިފަ އެވެ. މި މުބާރާތަކީ އެޓަރނީ ޖެނެރަލްގެ […]

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު
Raajje

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ. މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އ...

އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އައިވީއެފް ފަންޑްގެ ދަށުން އިތުރު ދެ ފަރާތަކަށް އިންޑިއާގެ އެސްޓާރ މެޑްސިޓީ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ނިންމައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އާއި އެސްޓާ މެޑްސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެސްޓާރ މެޑްސިޓީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ފަރްހާން ޔާސިރް އެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގް...