ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް ބާކީ އޮތީ އެއް ދުވަހެވެ. އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ.

ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައި ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އޭގެތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ، ޒުވާން، ޖޯޝްހުރި ސިޔާސީ ބޭފުޅެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙްއެވެ.

Ad
rt

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށްކުރިމަތިލައްވާ ޝާހްގެ އުއްމީދަކީ ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރުމަށް މަގު އަލިކުރުމަށް ވެސް އޮތް އުއްމީދެވެ. އެ ޕާޓީގެ މެންބަރުން ''ދެވަނަ'' ބައިވެރިއެެއްގެ ހިޔަލުން ނުކުމެ އަމިއްލަ ޕާޓީގެ ވެރިކަމެއްގެ ފޮނިމީރުކަން ލިބިދިނުމަށް އާރޯކަން ގެނުވާނެ އުންމީދެވެ. އެ އުއްމީދަކީ ކޮބައިތޯއެވެ؟ ޝާހްގެ އުއްމީދަކީ ޖުމުހޫރީ ދައުރެއްފަށައި، ''މާމޮޅު މާދަމައެއް، ހާއުފާ ކުރިމަގެއް، އެކުވެގެން އެކުއެކީ ހޯދާ ބަދަހި މުޖުތަމައުން، އެފެދޭ ފުއްދުންތެރި ހަކަތަހުރި ޖީލަކަށް، އާއްމު މީހާ އުފަލުން ނަށާލައި، ހަމަޖެހި ތަރުތީބުވެލައި،'' ރަތުން މުޅި ރާއްޖެފާލުމެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ކިބައިން ޝާހް އެދިވަޑައިގަންނަވަނީ މި އުއްމީދު ހާސިލްކޮށް ދިނުމަށް އޭނާ އަށް ފުރުސަތެއް ދެއްވުމަށެވެ.

ޝާހް، ޖޭޕީގެ ލީޑަރު ޤާސިމާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަނީ

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރުކަން 19 ވަނަ ރައްޔިތުން މަޖުލީސްގައި އަދާކުރެއްވި ޝާހު އަކީ ސިޔާސީ މަސައްކަތުގައި އަބަދުވެސް ހީވާގި އުފެއްދުންތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު މެމްބަރެކެވެ. ސާފުކޮށް ފެނިވަޑާގަންނަވާ ގޮތެއް ސީދަލަށް ބަޔާންކުރާއްވާ ބޭފުޅެކެވެ. މަޖުލީހުގެ އެދައުރުގައި ގިނަ މައްސަލަތަކުގައި ބަހުސް ކުރައްވި އަދި މުހިއްމު އިސްލާހުތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅުއްވި ބޭފުޅެކެވެ. ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތުގެ ތެރޭގައި ޕޭކޮމިޝަން ބިލާއި އިސްލާމިކް ޔުނިވާސިޓީ އަށް ގާނޫނުން ބާރު ދިނުމަށާއި ފިގުހު އެކަޑަމީއެއް އުފެއްދުމަށް މަޖިލީހުގައި ކުރެވުނު މުހިއްމު މަސައްކަތުގައި އިސް ސަފުގައި ބައިވެރިވިއެވެ.

ޝާހަކީ ސިޔާސީ ހިތްވަރު އޭގެ އެންމެ މަތީ ދަރަޖައަށް ހުރި ބޭފުޅެކެވެ. އޭނާ އަކީ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތަކުން އަމިއްލަ ނަފުސަށާއި، ޖިސްމަށް ގެއްލުންވެ، ހަފުސްވެދާނެ ދަނޑިވަޅުތަކުގައި ވެސް ރައްޔިތުން އިސްކުރެއްވި ބޭފުޅެއްކަން މާޒީ ކުލަ ކޮށްލަދެއެވެ. އެވާހަކައިގެ ފުނައް ފީނައި ނެހެދިޔަސް، އަދި މިކަން ރައްޔިތުން ހަނދުމަނެތިދާހާ ދުވަހެއް ނުވެއެވެ. އޭނާ އަކީ މައްޝޫރު 12 މެމްބަރުން ތެރޭ ހިމެނޭ ބޭފުޅެކެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމު އިބްރާހިމާއި އެކު އިސްލާހީ މަސައްކަތުގައި ބައިވެރިވި 12 މެމްބަރުންގެ ތެރޭ ހިމެނޭ ޝާހް ވަނީ ސިޔާސީ ގޮތުން އެމަނިކުފާނާއި އެކު ބޮޑެތި ގުރުބާނީ ތަކެއްވެފައެވެ. މަޖިލީހުގެ އޭރުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމާއި ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލިއްޖެކަމަށް ބުނެ މަޖިލީހަށް ވަމުނަށް ހުރަސް އެޅިއެވެ. އަދި އޭރު އިންތިޚާބުވެފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯ މެމްބަރުކަންވެސް ގެއްލުވާލިއެވެ. ސިޔާސީ ޕްރެޝަރާއި އޭރުގެ ހާލަތާއި ހެދި ދިރިއުޅުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައްވާ ރާއްޖެއިން ބޭރަށް އަރުވާލެވިގެން އަނބިދަރިންނާއި ދުރުގައި ހުއްނަވަން ޖެހިވަޑައިގަތެވެ. ގުޅުން ހުރި ވިޔަފާރިތައް ކަމަށް ބަލާ ރައްޓެހިންނާއި އާއިލީ ވިޔަފާރި ތަކައް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހުނެވެ. ފުލުހުންނާއި ދައުލަތުގެ ބައެއް އިދާރާތަކުން އެތަން ތަނަށްވަދެ އޮފީސް ބަންދުކުރިއެވެ. ސިސްޓަމްތައް ގެންދިޔައެވެ. ނަމަވެސް އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް އަޑު އުފުލުމުގައި ދެމިހުއްނެވިއެވެ. އާއިލާއަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ލިބެމުން ދިޔަ ގެއްލުމުގެ ވަގުތުގައިވެސް ކެތްތެރިކަމާއި އެކު ދެމިހުއްނެވިއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް 12 މެންބަރުންނާއެކު

އެބިރުވެރި ހާލަތުގައި ޖުމުޙޫރީ ޕާޓީގެ ލީޑަރާއި ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި އަދި އެކުގައި މަސައްކަތް ކުރެއްވި ބައެއް މަޖިލީސް މެމްބަރުން ޖަލު ބަންދުވެ ސިޔާސީ ގޮތުން އެބޭފުޅުންނަށް ތާއީދު ކުރައްވާ އާއްމު ރައްޔިތުން މާޔޫސްވި ވަގުތު އަނިޔާއާއި ބިރާއި ކުރިމަތިލުން ނޫން ގޮތެއް ނެތްކަމަށް ބުނެ އޭރު އަރުވާލެވިގެން ތިއްބެވި ބައެއް އެހެން މަޖިލީސް މެންބަރުންނާއި އެކު މާލެ ވަޑާގެން އެ ހަރަކާތުގައި އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވިއެވެ. ފުލުހުންގެ ހައްޔަރަށް ދިއުމާއި މުޒާހަރާގައިވާ އަނިޔާ އަކަށް ޖެހިލުމެއްނެތި ސާބިތުވެ ހުއްނެވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އުފެއްދި މެނިފެސްޓޯ އެކުލަވާލުމަށާއި ބައެއް ސިޔާސަތު އެކުލަވާލުމުގައި ބައިވެރިވެވަޑައިގަތެވެ. ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އެތައް ރަށަކަށް ވަޑައިގެން ކެމްޕޭނުގައި އިސްދައުރެއް އަދާކުރެއްވިއެވެ. ވެރިކަން ލިބިވަޑާގަތުމާއި އެކު އިންޓަރިން ބައެއް ކޮމެޓީތަކުގައި އިސްދައުރެއް އަދާކުރެއްވިއެވެ. މަޖިލީހުގެ އޭރު ރައީސަކަށް ހުއްނެވި ޖުމުހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބިރާހިމް ގެ އިރުޝާދުގެ ދަށުން މާލިއްޔަތު ކޮމެޓީއާއި ބައެއް އެހެނިހެން މުހިއްމު ކޮމެޓީތަކުގައި ބައިވެރިވެ ވަޑައިގެން މުހިއްމު މަސައްކަތެއް ކުރެއްވިއެވެ.

ހިއުމަން ރިސޯސް މެނޭޖުމެންޓްން ޑިޕްލޮމާ ހާސިލް ކުރެއްވުމަށް ފަހު، ބިޒިނަސް އެޑް މިނިސްޓްރޭޝަން އިން މާސްޓަރސް ހައްދަވާފައިވާ ޝާހު އަކީ 20 އަހަށްވުރެ ގިނަދުވަހު ދައުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ތަޖްރިބާހުރި ބޭފުޅެކެވެ. އުމުރުން 19 އަހަރުގައި ކަސްޓަމްސްގެ އޮފިސަރެއްގެ މަގާމުން ވަޒީފާ ފެެއްޓެވިއެވެ، 8 އަހަރު ހޭދަކުރެއްވީ ރައްޔިތުން އިންތިޚާބް ކޮއްފައިވާ މަގާމުތަކުގައެވެ. ތައުލީމީ ދާއިރާއާއި ޕްރައިވެޓް ކުންފުނިތަކުގެ ބިޒިނަސް އެންޑް ހިއުމަންޑި ވެލޮޕިން ކޮންސަލްޓެންސީގެ ތަޖުރިބާ ހުރި ޝާހު އަކީ ހުރިހާއުމުރަކާއި ވެސް ގުޅޭ ބޭފުޅެކެވެ.

ސިޔާސީ ކަންކަމުގައި ބޮޑެތި ގޮންޖެހުންތަކާއި ބޮޑެތި ޤުރުބާނީތަކާއި ގިނަ ތަޖްރިބާއާއި އެކު ޕާޓީގެ ޑެޕިއުޓީ ލީޑަރުކަށް ޝާހު ކުރިމަތިލަނީ 12 އަކީ އޭނާގެ ހަޔާތާއި ގުޅިފައިވާ ގިނަ ހަދާންތަކެއް ގެނެސްދޭ ނަންބަރަކާއި އެކީގައެވެ. މިއީ އިއްތިފާގެކެވެ. ޝާހް ގެ ކެންޑިޑޭޓް ނަންބަރަކީ 12 އެވެ. ޝާހު އެދެނީ ކެންޑިޑޭޓްނަންބަރ 12 އަށް ޖުމްހީރީ ޕާޓީގެ ޑެޕއުޓީ ލީޑަރ ކަމަށް ވޯޓެއް ދިނުމެވެ.