ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ރަންތާޖު
ކީރިތި ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ތާޖުތައް ހަވާލުކޮށްދެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާގައެވެ. ޤުރުއާން ހިތުދަސްކޮށް ތާޖު ހާސިލްކުރި ކުދިންނަކީ: ޝަޢަފް ޙާމިދު އިބްރާހީމް އަބާން އިބްރާހީމް މިބުސާމް ސަލްމާން މޫސާ ޢަޝްޙަލް އަޝްރަފް ޢަބްދުﷲ ބިން ޔާމިން ޢަބްދުﷲ ރަޝީދު މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު […]