ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ.

Ad
rt

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، މިހާރުވެސް މި ދާއިރާއިން ގިނަ ސްކޮލަރޝިޕްތަކެއް ހުޅުވާލާފައިވާކަން ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، ދިވެހި އެކައުންޓަންޓުން ބައިނަލްއަޤްވާމީ ފެންވަރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް، އާމްދަނީ ހޯދާތަން ދެކެން ބޭނުންވާކަމުގައި މިނިސްޓަރ ޝަފީޤު ވިދާޅުވިއެވެ.