ކީރިތި ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
މި ތާޖުތައް ހަވާލުކޮށްދެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާގައެވެ.
ޤުރުއާން ހިތުދަސްކޮށް ތާޖު ހާސިލްކުރި ކުދިންނަކީ:
- ޝަޢަފް ޙާމިދު އިބްރާހީމް
- އަބާން އިބްރާހީމް
- މިބުސާމް ސަލްމާން
- މޫސާ ޢަޝްޙަލް އަޝްރަފް
- ޢަބްދުﷲ ބިން ޔާމިން
- ޢަބްދުﷲ ރަޝީދު
- މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު
- ރާހިން ބިން މުޙައްމަދު
- އިޒްކާން ޢަޖީބު ޙުސައިން
- މުޙައްމަދު ޙަނޫން ޙުސައިން
- ޢަލީ ރަޢީފް
- ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ
- ޙަސަން ނަޞީރު
- އަޙްމަދު ރާއިޢު ބަޝީރު
- އިސްމާޢީލް އިޒުޢާން އިބްރާހީމް
- އަޛިން މުޙައްމަދު
- އާމިނަތު އައިފާ
- މަރްޔަމް މުޙައްމަދު ދީދީ
- ފާޠިމަތު ދީދީ
- ޢާއިޝަތު އާން ރަޝީދު
- ފާޠިމަތު ޢިޝާ
- ޖަމީލާ ޢަލި ދީދީ
- ޙަކީމަތު މުޙައްމަދު
- އާމިނަތު ލަޠީފާ
- ފާޠިމަތު އަޙްމަދު
- ސަޚިއްޔާ ޢަބްދުލްޣަނީ
- ސަޢުދިއްޔާ މޫސާ
- ޔުމްނާ ޢަބްދުލްޢަޒީޒު
- ފާޠިމަތު ނަޞީރާ
- ޝަބީނާ ޢަބްދުﷲ
- މޫނިސާ ޢަބްދުއްރަޙީމް
- ރައުޙާ އިސްމާޢިލް
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ހާފިޒުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން، ޤުރުއާން ހިތުދަސްކުރާ މީހުންނަށް ދޭ އިނާޔަތް މިހާރު ލިބޭ މިންވަރަށްވުރެ ދެގުނަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގައި ކީރިތި ޤުރުއާން ހިތުދަސްކުރި މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެކެވެ. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރުން ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިރުތަށް ވިދާޅުވީ އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ވެސް ކޮންމެ ދުވަހެއްގެ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ގުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް، އަދި ރާއްޖެ އަށް އެންމެ ލާބަ ހުރި ގޮތް ކަމަށެވެ.
އެހެންކަމުން ކީރިތި ގުރުއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ގުރްއާން އުނގެނުމާއި، އުނގަންނައި ދިނުމުގެ ދާއިރާއަށް އަދި އަޅުގަނޑުމެންގެ އަހްލާގާއި ސުލޫކަށް އިންގިލާބީ އިސްލާޙީ ބަދަލެއް އަންނާނެ. އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަސައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު." ރައީސް ވިދާޅުވިއެވެ.
"ކީރިތި ގުރްއާނަށް މި ދިވެހި ފަސްގަނޑުން ހައްގު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނަން. ނިހާޔަތަށް ޝައުޤުވެރިވާނަން."
ރައީސް ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނަކީ ހިތްތަކުގެ ނޫރާއި ނަފްސުތަކުގެ ޝިފާއެވެ. ގުރުއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކައިދޭ އިލާހީ ދަންމަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!