ސަރުކާރުގެ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަވެއްޖެ ކަމަށް މާލީ ވުޒާރާއިން ކޮނެމް ހަފުތާއަކު ނެރޭ މާލީ ހިސާބުތައް ދައްކައިފި އެވެ.
މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރިކަރަންޓް ޚަރަދު 14.2 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއި އުރު އެއީ މިދިޔަ އަހަރަށްވުރެ 900 މިލިއަން ރުފިޔާ ދަށްވުމެކެވެ.
މީގެ އިތުރުން މުސާރައާއި ޕެންޝަނަށް ކުރާ ޚަރަދު 5.5 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު އާސަންދައަށް ކުރާ ޚަރަދު 900 މިލިއަން ރުފިޔާއަށް، އަދި ސަބްސިޑީއަށް ކުރާ ޚަރަދު 1.7 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.
ކެޕިޓަލް ޚަރަދުތައް 3 ބިލިއަން ރުފިޔާއިން ދަށްވެފައިވާކަމަށް ހިސާބުތަކުންދައްކަ އެވެ. ޓެކްސް އާމްދަނީ އިތުރުވިނަމަވެސް، ޖުމްލަ އާމްދަނީ މިދިޔަ އަހަރަށްވުރެ ދަށްވެފައިވާކަމަށްވެސް ދައްކައެވެ.
މި އަހަރުގެ ޖުމްލަ އާމްދަނީ، މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ދައްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!