އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީ އިން ހުއްދަ ދީފި
“އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދިނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށް ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެޕަޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ މަދުވެގެން 3000 މީހުންގެ ސޮއި ހޯދާ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ. […]