ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އޮސްޓްރޭލިއާއަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.

މިފަޔަވަޅު މިއެޅީ އޮސްޓްރޭލިޔާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

Ad
rt

އެހެން ކަމުން ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް ރައްކާތެރި ވުމުގެ ގޮތުން ފާއިތުވި ދުވަސްތަކުގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އޮސްޓްރޭލިޔާއަށް ނުވަދެވޭނެކަމަށް އެގައުމުން ބުނެއެވެ.

އޮސްޓްރޭލިއާއިން އެގޮތަށް ނިންމި އިރު ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އިޒްރޭލަށްވެސް އެތެރެނުވެވޭ ގޮތަށް އެގައުމުން ވަނީ ކަނޑައަޅައިފައެވެ.

ޗައިނާގައި ހަލުވުމިނުގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ހިލޭ ވިސާގައި ޗައިނާއިން ފަތުރުވެރިން އައުމާއި ދިޔުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެންރަޝިޔާ ސަރުކާރުންވެސްވަނީ މެދުކަނޑާލައިފައެވެ. އަދި ޗައިނާ މީހުންނަށް ވޯރކް ވިސާ ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.

ޗައިނާގައި ހަލުވުމިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ އެތައް ޤައުމުތަކަކުން ދަނީ ރައްކާތެރި ފިޔަވަޅު އަޅައި، އެތައް ޤައުމުތަކަކުން ޗައިނާއަށް ކުރަމުންދާ ވައިގެ ދަތުރުތައްވެސް މެދު ކަނޑާލައިފައެވެ.

ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން މަރު މީހުންގެ ޢަދަދު މިހާރުވަނީ 304 އަށް އަރާފައެވެ. ޗަައިނާގެ އިތުރުން ގިނަ ޤައުމުތަކަކަށް އެ ވައިރަސްދަނީ ފެތުރެމުންނެވެ.