"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދިނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށް ކަމަށެވެ.

Ad
rt

ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެޕަޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ މަދުވެގެން 3000 މީހުންގެ ސޮއި ހޯދާ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީކޮށްފައި ވަނީ 10 ޕާޓީ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، ޑީއާރްޕީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންސީ، އެމްއެސްއެލްޑީޕީ އަދި އެމްއާރްއެމް އެވެ. މީގެ ތެރެއިން 10،000 މީހުން ހަމަވަނީ އެންމެ ތިން ޕާޓީގައެވެ.

އިތުރު އެހެން ސިޔާސީ ޕާޓީތަކެއް ހެދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ.