ރައްޔިތުން މަޖިލިސް މެންބަރުން ބޭނުން ކުރެއްވި 60 ކޮމްޕިއުޓަރު އައްޑޫ ސިޓީ ހިތަދޫ ސުކޫލްއަށް ހަދިޔާކޮށްފި އެވެ.

މަޖިލިސް މިއަހަރަށް ހުޅުވައި މިއަދު ބޭއްވި ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ފައްޓަވައި، ރިޔާސަތުން އަންގަވާ މުހިންމު އެންގުމެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް ވަނީ މިކަން އިއުލާން ކުރައްވާފަ އެވެ.

Ad
rt

ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މަރާމާތުކުރުމަށްފަހު މަޖިލީހުގެ 60 މެންބަރަކު ބޭނުންކުރެއްވި ކޮމްޕިއުޓަރ ތަކެއް، އައްޑޫ ސިޓީ ސިޓީ ހިތަދޫ ސުކޫލް އަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭނުން ކުރެއްވެވި ސިސްޓަމްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އޭރު އެ ކޮމްޕިއުޓަރުތައް ގައުމަށް ހޭދަކުރީ 75،7500ރ. ކަމަށެވެ. ނަމަވެސް މަރާމާތުކުރަން މަޖިލީހުން ފައިސާ އެއް ހަދަރުކުރަން ނުޖެހުނު ކަމަށް ރިޔާސަތުން ވިދާޅުވި އެވެ.

އެކަމަކު އެތަކެތި ހަދިޔާކުރުމުގެ ކުރިން ވަރަށް ނާޒުކު މަސައްކަތެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"އެއީ އިއްޒަތްތެރި މެންބަރުންގެ މެމޮރީ ފޮހެލުން. ކޮމްޕިއުޓަރުގަ ހުރި. އޭގެތެރޭގަ އެ އިއްޒަތްތެރި މެންބަރުން ވެދެވަޑައިގެންފައިވާ ސައިޓްތަކާ އެހެން މައުލޫމާތުތައްވެސް ހިމެނޭ މެމޮރީ (ފާއިޒު -ހެޑް އޮފް އެޑްމިނިސްޓްރޭޝަން) ވަރަށް ކެއްތެރިކަމާއެކީގަ ފޮހެލައްވާފަ ވަނީ."

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ހިތަދޫ ސުކޫލުގައި ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުންދާއިރު، އެ ސުކޫލުގެ 986 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންގެންދެ އެވެ.

އެ މަދަރުސާގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައި ވަނީ، 1974ގައި "އައްޑޫ އިންގްލިޝް ޕްރައިޕަރީ ސްކޫލް" ގެ ނަމުގައެވެ.

އައްޑޫ ސިޓީ ހިތަދޫ ސުކޫލްގެ ތާރީހަށް އަލިއަޅުވާލައްވައި މަޖިލީހުގެ ރައީސް، ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގެ އެހެން މަދަރުސާތަކާއި ތަފާތު ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުން ހަދިޔާކުރި ތަކެއްޗަކީ އެ ސްކޫލަށް ބޭނުންތެރި ތަކެއްޗަށް ވާނެކަމަށް ކަމަށާއި، އަދި އެހެން އިދާރާތަކުންވެސް ބޭނުންކޮށްފައި ހުންނަ ތަކެތި ނީލަން ފިހާރަ އަކަށް ލުމުގެ ބަދަލުގައި މަރާމާތުކޮށްލުމަށްފަހު އެހެން ތަނަކަށް ހަދިޔާކުރުން އެއީ ރަނގަޅު ގޮތެއް ކަމަށެވެ.