އުރީދޫއަށް 2019 ގައި ލިބުނު ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅައިފި

0B2EEE2C-46B8-4DD3-A412-51D0493DB050

އުރީދޫއަށް 2019 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅައިފި އެވެ.

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން، ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފި ކަމަށް‎ އިއްޔެ އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހިއްސާ އަކަށް 3.30 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ނިންމާފައި.

އޫރިދޫއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގަ އެވެ. މި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހުގެ 16 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.

އުރީދޫގެ 2018 ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ޖެހިފައި ވަނީ 3.64ރ. އެވެ. މިއީ 2017 ވަނަ އަހަރު ހިއްސާ އަކަށް ޖެހުނު 3.78ރ. އާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ދަށްވުމެކެވެ.

އުރީދޫ އަށް މިދިޔަ އަހަރު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބި، އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ 588 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، ގަނެވިއްކުމަށް ހުޅުވާލީ 9 އޮގަސްޓް 2017 ވަނަ ދުވަހު އެވެ.

އުރީދޫ އަކީ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް އެލްއެލްސީގެ 90.5 ޕަސެންޓް ހިއްސާ އާއި ދިވެހި ރައްޔިތުންގެ 9.5 ޕަސެންޓް ހިއްސާ އެކުލެވޭ ގަތަރުގެ ކުންފުންޏެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި