ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ އެލްޖީއޭ މުވައްޒަފުންނަށް ހަމަޖައްސައިފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަށް ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ (ފޮސްޓަރ ލީލް) ހަމަޖައްސުން އެއޮތޯރިޓީގެ ދާއިމީ މުވައްޒަފުންތެރެއިން ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ މުވައްޒަފުންނަށް ދެވޭ ޗުއްޓީއެއްގެ ގޮތުގައި، ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ (ފޮސްޓަރ ލީވް) ފާސްކޮށް، އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދުގައި މުވައްޒަފުންނަށް ހައްގުވާ ޗުއްޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް 27 ޖަނަވަރީ 2020 ވަނަ ދުވަހު ބޭއްވުނު އޮތޯރިޓީގެ މިއަހަރުގެ 01 ވަނަ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

Ad
rt

މިގޮތުން މި ޗުއްޓީ ދިނުމަށް ނިންމާފައިވަނީ:
• ކުއްޖާގެ އުމުރުން 6 (ހައެއް) މަސް ނުވާނަމަ، އަންހެން މުވައްޒަފުންނަށް، ކުއްޖާގެ އުމުރުން 6 (ހައެއް) މަސް ވަންދެން، ބަންދު ދުވަސްތައް ހިމަނައިގެން، 6 (ހައެއް) މަހަށް ވުރެ އިތުރުނުވާގޮތަށް 6 މަސް އަދި ފިރިހެން މުވައްޒަފަށް، ކުއްޖާގެ އުމުރުން 7 (ހަތެއް) މަސް ވަންދެން ބަންދު ދުވަސްތައް ހިމަނައިގެން 1 (އެކެއް) މަސް ދުވަހުގެ ޗުއްޓީއެވެ.

• ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ ކުއްޖާގެ އުމުރު 6 (ހައެއް) މަހަށް ވުރެ އިތުރުވާނަމަ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް، ބަންދު ދުވަސްތައް ހިމަނައިގެން 1 (އެކެއް) މަސް ދުވަހުގެ ޗުއްޓީއެވެ. މީގެ އިތުރުން ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ މުވައްޒަފުންނަށް އަންނަނިވި ކަންކަން ހަމަޖައްސައި ދެއްވާފައިވެއެވެ.

• ޝަރުއީ ބެލެނިވެރިކަން ހަވާލުކުރެވޭ ކުއްޖާއާއި ހަވާލުވާ އަންހެން މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަކޮށް، ނުކުންނަ ދުވަހުން ފެށިގެން ކުއްޖާގެ އުމުރުން 1 އަހަރުވަންދެން، ކުއްޖާއަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކު ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދިނުން.

• ޝަރުއީ ބެލެނިވެރިކަން ހަވާލުކުރެވޭ ކުއްޖާއާއި ހަވާލުވާ އަންހެން މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަވުމުން، ބެލެނިވެރިކަން ހަވާލު ކުރެވިފައިވާ އަންހެން ނުވަތަ ފިރިހެން މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީ އެއް ނެގިދާނެ.

އެލްޖީއޭއިން މީޑިޔާޔަކަށް ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.