Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,576 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ފުލުހުންގެ ”ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް” ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ”ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް” ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓުކޮށްފިއެވެ. ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި،...

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް މަހުގެ 2 ވަނަ ދުވަހު މާފަންނު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ޑްރަ...

އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރިއަށް އެބަދޭ: އުރީދޫ
Business

އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރިއަށް އެބަދޭ: އުރީދޫ

އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރެވޭކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެ ކުންފުންޏާއެކު މަޝްވަރާ ކުރި ކަމަށާއި އަދިވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އިންޓަނެޓްގެ އަގު ކުޑަ ކުރެވޭނީ ކިހާވަރަކަށް ކަން އަދި ދަންނަވާލަން ދަތިކަމަށް ނަޖީބް […]

ސައޫދީ އަރަބިއްޔާއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
International

ސައޫދީ އަރަބިއްޔާއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ސައޫދީއަރަބިއްޔާއިން ފުރަތަަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ. ސައޫދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހަކީ، ސައޫދީގެ ރައްޔިތެއް ކަމަށާއި، އޭނާ ވަނީ، މިހާރު އެބަލި އެންމެ ބާރަށް ފެތުރެމުންދާ އީރާނާއި ބަހުރައިނަށްވެސް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އީރާނުން ސައޫދީ އަރަބިއްޔާއަށް އެތެރެވެފައި ވަނީ، ބަހުރައިން މަގުން ކަމުގައިވެސް ސައޫދީގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ. ސައޫދީ އަރަބިއްޔާގެ ހެ...

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު
Thiladhunmathi News

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...

ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރެނީ
International

ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރެނީ

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ހަލުވިކަމާއެކު މުޅިދުނިޔެއަށް ފެތުރެމުން ގޮސް އެފްރިކާގެ ގައުމަކުންވެސް ކޮވިޑް-19 ފެނުނާ ގުޅިގެން އިތުރު މާޔޫސްކަމެއް ގެނުވައިފިއެވެ. އެފްރިކާ ބައްރަކީ މިހާތަނަށް ވައިރަސް ފެނިފައިނުވާ ބައްރެވެ. އެބައްރުން ވައިރަސް ފެނުނީ، ސަބް ސަހަރަން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާއިންނެވެ. ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެކަމުގެ ރިސްކް މިހާރު ވަރަށް މަތިވެއްޖެ ކަމ...

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު
Raajje

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ ދެފުށްފެންނަ ޕްރޮޖެކްޓުތަކެއް ކަމަށާއި އޭގެ ތަފްސީލުތައް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް އަދި އެ ޕްރޮޖެކްޓުތަކަކީ ދަރަނި ދަންތޫރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިއާއަށް ތައުރީފުކޮށް ގުޖުރާތުގައި އިއްޔެ ފެށި “އައިޑިއާސް ކޮންކުލޭވް” ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ޑިމޮކްރެޓިކް ސަރުކާރެއްކަމަށާއި އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު...

ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި
News

ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ. ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ތަކެއްކަމަށާއި އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއިން ދެމިސާލެއްވަނީ ފާހަ...

އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރާނެ!
International

އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރާނެ!

ހަލުވިކަމާއެކު ފެތުރެކުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. އެޤައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޤައުމުގެ 23 ސިޓީއަކާއި 31 ޕްރޮވިންސްގައި މިއަދު ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މުގައްދަސް ސިޓީ ގޯމްވެސް ހިމެނެ އެވެ. Iran coronavirus death toll reaches 26, many Friday prayers canceled https://t.co/EcukQLTaio pic.twitter.com/Teh...

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދިގު ސުވިމިން ޕޫލާއިއެކު "ދަ ޗެޑީ ކުޑަވިލިނގިލި" ހުޅުވަނީ
Raajje

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދިގު ސުވިމިން ޕޫލާއިއެކު "ދަ ޗެޑީ ކުޑަވިލިނގިލި" ހުޅުވަނީ

ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ “ދަ ޗެޑީ ކުޑަވިލިނގިލި” ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ. ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗުގައި 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ ރިސޯޓެކެވެ. 36 މޫދު ކޮޓަރި އާއި 63 ބީޗު ވިލާ ހިމެނޭހެން ޖުމްލަ 99 ކޮޓަރި ހުންނާނެ މިރިސޯޓުގައި 150 މީޓަރު ދިގު ސުވިމިން ޕޫލެއް […]

ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ނުގެނައުމަށް އިސްލާމީ މަރުކަޒުގެ އިމާމް ގޮވާލައިފި
News

ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ނުގެނައުމަށް އިސްލާމީ މަރުކަޒުގެ އިމާމް ގޮވާލައިފި

ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ. އިބްރާހިމް ރަޝީދު މިހެން ގޮވާލާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ އެމިނިސްޓްރީއިން އެމައްސަލަ ބަލަމުންދާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިންގެ ދީނަ...

ސިއްހީ ބޭނުމެއް ނެތި ހޮސްޕިޓަލުތަކުގައި ވަގުތު ހޭދަނުކުރުމަށް ޑރ ނިޔާފް އިލްތިމާސް ކުރައްވައިފި
Raajje

ސިއްހީ ބޭނުމެއް ނެތި ހޮސްޕިޓަލުތަކުގައި ވަގުތު ހޭދަނުކުރުމަށް ޑރ ނިޔާފް އިލްތިމާސް ކުރައްވައިފި

ސިއްހީ ބޭނުމެއް ނެތި ހޮސްޕިޓަލުތަކުގައި ވަގުތު ހޭދަކުރުމަކީ ރޯގާތަކާއި އިންފެކްޝަންތަކަށް ހުށަހެޅުން އިތުރުވާނެ ކަމެއްކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ. ރައްކާތެރި ގޮތަކީ، ހިދުމަތެއްގެ ބޭނުމެއް ނެތި ހޮސްޕިޓަލުތަކަށް ނުދިޔުން ޓްވިޓާގައި މީހަކު ކުރި ސުވާލަަކަށް ޖަވާބުދެމުން ޑރ ނިޔާފް ވިދާޅުވިއެވެ. Varah bodu thedheh!Si’hee beynumeh nethi hospital thakah vadhe vaguthu heydhakurumakee roaga thakaa infection thakah hushahelhun ithuru vaane kameh. Rakkaatheri goth...

ސެމިނާގައި އިސްލާމްދީނާއި ހިލާފު އެއްވެސް ވާހަކައެއް ނުދައްކާ، އިންތިޒާމްކުރީ އަޅުގަނޑެއް ނޫން: ގަޕޯ
Thiladhunmathi News

ސެމިނާގައި އިސްލާމްދީނާއި ހިލާފު އެއްވެސް ވާހަކައެއް ނުދައްކާ، އިންތިޒާމްކުރީ އަޅުގަނޑެއް ނޫން: ގަޕޯ

އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް އެ ވާހަކަތަކެއް ގަދަވެ އަދި ބަޔެއް އޮންލައިން ނޫސްތަކުން ހަނިމާދޫ ދާއިރާގެ މެންބަރ ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައިވާތީ އެކަން ގަޕޯ ދޮގު ކުރައްވައިފިއެވެ. ހދ. ހަނިމާދޫގައިވެސް އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި އެ ވޯކްޝޮޕްއަކީ ގަޕޯ އިންތިޒާމްކުރި ވޯކްޝޮޕްއެއްކަމަށް ބުނެ ފާޑުކިޔުންތައްވެސް އަމާ...

ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި
Raajje

ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި

ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ މިފަދަ ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ މި...

އުގެއިލް ފައުންޑޭޝަންއިން "ދަ ސާރކަލް" ގެ ނަމުގައި އުގަންނައި ދިނުމުގެ ޕްރޮގްރާމެއް ފަށަނީ
Raajje

އުގެއިލް ފައުންޑޭޝަންއިން "ދަ ސާރކަލް" ގެ ނަމުގައި އުގަންނައި ދިނުމުގެ ޕްރޮގްރާމެއް ފަށަނީ

އުގެއިލް ފައުންޑޭޝަންއިން “ދަ ސާރކަލް” ގެ ނަމުގައި އުގަންނައި ދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. ދަ ސާރކަލްއަކީ އުގެއިލް ފައުންޑޭޝަންގެ ދަށުން ހިންގާ އުގަންނައި ދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ސްޓެމް (ސައިންސް ޓެކްނޮލަޖީގެ އެންޖިނިއަރިންގް އަދި ހިސާބު) ގެ އޮނިގަނޑަށް ބިނާކޮށް މި ދާއިރާތަކުން އެކުދިންނަށް ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަށް ދަސްކޮށްދިނުމެވެ. މީގައި ހިމެނެނީ ކަންކަން ހައްލު ކުރުން، މުއާމަލާތް ކުރުން، އިނގިރޭސި ބަސް، އިލެކްޓް...