ސިއްހީ ބޭނުމެއް ނެތި ހޮސްޕިޓަލުތަކުގައި ވަގުތު ހޭދަކުރުމަކީ ރޯގާތަކާއި އިންފެކްޝަންތަކަށް ހުށަހެޅުން އިތުރުވާނެ ކަމެއްކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.
ރައްކާތެރި ގޮތަކީ، ހިދުމަތެއްގެ ބޭނުމެއް ނެތި ހޮސްޕިޓަލުތަކަށް ނުދިޔުން
ޓްވިޓާގައި މީހަކު ކުރި ސުވާލަަކަށް ޖަވާބުދެމުން ޑރ ނިޔާފް ވިދާޅުވިއެވެ.
Varah bodu thedheh!
Si’hee beynumeh nethi hospital thakah vadhe vaguthu heydhakurumakee roaga thakaa infection thakah hushahelhun ithuru vaane kameh.
Rakkaatheri gothakee, khidgumathegge beynumeh nethi hospital thakah nu dhiyun. https://t.co/kKwHvKMnwY— Abdulla Niyaf (@niyaf) February 26, 2020
ޑރ ނިޔާފް މިކަމަށް އިލްތިމާސްކުރައްވާފައިވާއިރު މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
އެގޮތުން މިދިޔަ މަހު 21،248 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 18،969 ކޭސް އެވެ.
އެހެންކަމުން އަރިދަފުސް ރޯގާއަށް ސަމާލުވެ ރޯގާއިން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހިއަޅާ އިރު ރުމާލެއް އެޅުމާއި ސައިބޯނިލައިގެން އަތްދޮވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!