އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް އެ ވާހަކަތަކެއް ގަދަވެ އަދި ބަޔެއް އޮންލައިން ނޫސްތަކުން ހަނިމާދޫ ދާއިރާގެ މެންބަރ ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައިވާތީ އެކަން ގަޕޯ ދޮގު ކުރައްވައިފިއެވެ.

ހދ. ހަނިމާދޫގައިވެސް އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި އެ ވޯކްޝޮޕްއަކީ ގަޕޯ އިންތިޒާމްކުރި ވޯކްޝޮޕްއެއްކަމަށް ބުނެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވަނިކޮން ގަޕޯ އެކަން ދޮގު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ގަޕޯ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ރަށުގައި ހުންނަވަނިކޮށް ސެމިނާއަކަށް ދިއުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ނަމަވެސް އެ ސެމިނާގައި އިސްލާމްދީނާއި ހިލާފު އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި އެ ސެމިނާއަށް އެރަށުންވެސް 200 އަށްވުރެ ގިނަ އަދަދެއްގެ މީހުން ދިޔަ ކަމަށްވެސް ގަޕޯ ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ ޖެނުއަރީމަހުގެ ފަހުކޮޅު ބޭއްވި ވޯކްޝޮޕްއެއްކަމަށާއި އެއީ މުވައްސަސާތަކާއި ކައުންސިލްއަށް ކުރިމަތިލާ މެންބަރުންނަށް ހާއްސަކޮށްގެން އެމެރިކަން ބާ އެސޯސިއޭޝަން އިން ކުރިއަށް ގެންދިޔަ ވޯކްޝޮޕްއެއް ކަމަށެވެ. އަދި އެރަށުގެ ބަޔެއް މީހުން ހިތްހަމަ ނުޖެހިގެން އެވާހަކަ ދެއްކިކަމަށް ބުނެފައިވެއެވެ. އެ ވޯކްޝޮޕްއަކީ ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ ވޯކްޝޮޕްއެއްކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އެރަށުގެ އެއްބަޔަކު ބުނަމުން ދަނީ އެވޯކްޝޮޕްގައި ދީނާއި ހިލާފުވާހަކަތަކެއް ހުރިކަމަށެވެ. އަނެއްބަޔަކު އެކަން ދޮގުކުރެއެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ޖާގައެއް ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ފަތުރާ މީހުންނަށްވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.