ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ "ދަ ޗެޑީ ކުޑަވިލިނގިލި" ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗުގައި 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ ރިސޯޓެކެވެ.

Ad
rt

36 މޫދު ކޮޓަރި އާއި 63 ބީޗު ވިލާ ހިމެނޭހެން ޖުމްލަ 99 ކޮޓަރި ހުންނާނެ މިރިސޯޓުގައި 150 މީޓަރު ދިގު ސުވިމިން ޕޫލެއް އޮންނާނެ އެވެ. މިއީ، ރާއްޖޭގެ އެންމެ ދިގު އަދި އެންމެ ބޮޑު އެއް ސުވިމިން ޕޫލަށް ވާނެ އެވެ.

ދަ ޗެޑީ ކުޑަވިލިނގިލި ރިސޯޓުގައި، މޫދުގައި ހަދާފައިވާ އަށް ޓްރީޓްމަންޓް ކޮޓަރި ހިމެނޭ ސްޕާއެއްގެ އިތުރުން، ބީޗު ކްލަބަކާއި ބާއެއް ހުންނާނެ އެވެ. އަދި ރެސްޓޯރަންޓަކާއި ލައިވް ކުކިން ސްޓޭޝަންތައް ހިމެނޭ ހޯކާސް ސްޓޯލްތަކެއް ހުންނާނެ އެވެ.

ދަ ޗެޑީ ކުޑަވިލިނގިލީގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެން ދާނެ. އަދި ޖީއެޗްއެމްގެ ކޮންމެ ހޮޓަލެއްގައި ވެސް ހިމެނޭ މައިގަނޑު ސިފަތައް ކަމަށްވާ ލަގްޒަރީ، ފާހަގޮށްލެވޭ ޑިޒައިންތައް އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ވެސް ފެނިގެން ދާނެ،

ޖީއެޗްއެމްގެ ކޯ-ފައުންޑަރު އަދި ރައީސް ހާންސް އާރު ޖެނީ ވިދާޅުވި އެވެ.

ޖީއެޗްއެމް އިން ހިންގާ މި ރިސޯޓް ތަރައްގީކުރަނީ އިންޑިއާގެ އެމްފާ ގްރޫޕުންނެވެ. އެމްފާ އިން ވަނީ 2013 ވަނަ އަހަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަތުން ކުޑަވިލިނގިލި ގަނެފަ އެވެ.

ޖީއެޗްއެމް އިން ޗައިނާ އާއި ޔޫއޭއީ އަދި ސުވިޓްޒަލެންޑް ފަދަ ގައުމުތަކުގައި ހޮޓާތައް ހިންގަ އެވެ.