ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ.

އިބްރާހިމް ރަޝީދު މިހެން ގޮވާލާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ އެމިނިސްޓްރީއިން އެމައްސަލަ ބަލަމުންދާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

ދިވެހިންގެ ދީނަކީ އިސްލާމް ދީން. ދިވެހިން ނޫޅޭ އިސްލާމް ދީން ނޫން އެހެން ދީނެއް ބޭނުން ވެގެންނެއް

އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ.

އިބްރާހިމް ރަޝީދަކީ މި ސަރުކާރުން އިސްލާމީ މަރުކަޒުގެ އިމާމް ކަމަށް ކަނޑައަޅުއްވާފައިވާ ބޭފުޅެކެވެ. އިބްރާހިމް ރަޝީދަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ލާދީނީ ރިޕޯޓާއި ގުޅިގެން އިބްރާހިމް ރަޝީދުވަނީ އެމްޑީއެންގެ އިސްވެރިން ހައްޔަރުކުރުމަށްވެސް ގޮވާލާފައެވެ.

އެމްޑީއެންގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އެމްޑީއެންއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށާއި، މި ޖަމާއަތުގެ އިސްފަރާތްތައް ހައްޔަރުކުރުމަށް ގޮވާލާކަމަށް ބުނެފައި ވެއެވެ.

“އެމީހުން (އެމްޑީއެން) އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ އޮޅިގެން ކުރެވުނު ކަމެއްނޫން. އެއީ ދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެލުމަށްޓަކައި ލާދީނީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް”

އިބްރާހިމް ރަޝީދު ވިދާޅުވެފައިވެއެވެ