ޔާމީން ހައްޔަރުކުރަން ގޮވާލުމުން ހިނިފުޅުވަޑުވަން އެހުންނަވަނީ އެންމެ އަރިސް ލޯޔަރު: ޝުޖާއު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި...