މަޖިލިސް ބޭނުންކުރަނީ "ސިޔާސީ އައްޑާއަކަށް"، ވަގުތުން ވަގުތައް އިސްތިއުފާދީ: ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސަރުކާރަށް ގޮންޖެއްސެވުމާއި، މަޖިލީސް ކުރާގެ “ސިޔާސީ އައްޑާ”އަކަށް ބޭނުންކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް ޑީއާރްޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް، އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި ޖާބިރު ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާންކޮއްފައިވަނިކ...