ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން އިސްލާމިކް މިނިސްޓްރީ އިން އިތުރު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީ އިންމއިަދުކުރިޓުވީޓެއްގައި ބުނެފައިވަނީ 11 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައި ކަމަށޭވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިއޮތް އޮތުމަށް ބަނީ ލުއިތަކެއް ދީފައެވެ.
މި މުއްދަތުގައި އިސްލާމިކް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.
ކޯވިޑް19 ރާއްޖޭގައި ފެތުރެންފެށުމާއި އެކު ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އަނަންނީ ލުއިތަކެއް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!