•  
  •  
  •  
  •  
  •  
  •  
  •  

 

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހދ އަތޮޅު ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އާބާދީގައި ހާހަކުންމަތީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް

އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމްގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މެންބަރު ރާއީ އިތުރަށް ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ހާހަކުން މަތީގެ އާބާދީ އޮންނަ ރަށްރަށުގައި އޭޓީއެމް ބަހައްޓާ ތަކުލީފު ތަކުން ރައްޔިތުން ދުރުކޮށްދިނުމަށް ވީހާވެސް އަވަހަކަށް އެދޭ ކަމަށެވެ.

ހދ. ގައި ކިތައް ރަށުގަތޯ އޭޓީއެމް ހުރީ؟ މި ކަން ކަމުގައި ވެސް ހަމަ ޓޫރިޒަމްގެ އުސޫލު ތޯ؟ މީ 2020، ލަދުވެތި ނާތަހުޒީބު އުސޫލެއް، މީ އެއްވެސް ރައްޔިތަކުވެސް، ހުދު އަޅުގަނޑުވެސް ގަބޫލް ކުރާނެ ހަމަޔެއް އަދި އުސޫލެއްވެސް ނޫން. މީ ޢީދު ހަދިޔާ ތޯ؟

ރާއްޖޭގެ ނައިބް ރައީސް، ބޭންކް އޮފް މޯލްޑިވްސް، ދައުލަތުގެ ވަޒީރުން އަދި ހދ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޓެގުކުރައްވާ ރާއީ ބުނެފައިވެއެވެ.

އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭންކުދޯނީގެ ޚިދުމަތް ފެށެންދެން ފައިސާ ނެގުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުޅުދުއްފުށި ކޮވިޑް ޓާސްކުފޯހުގެ ފަރާތުން އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލެއްކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

26000 ހާހަށްވުރެ ގިނަ އާބާދީއެއް އޮންނަ ހދ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ ދެރަށަކުންނެވެ. އެއީ ހަނިމާދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއިންނެވެ. ބާކީއޮތް 11 ރަށުގައި އޭޓީއެމް ގެ ޚީދުމަތް ނުލިބެއެވެ. މިރަށްރަށުގެ މީހުން ފައިސާނެގުމާއި ޖަމާކުރަން ބޭނުންވާނަމަ ޖެހެނި މިދެރަށުން ކުރެ ރަށަކަށް ދަތުރު ކުރާށެވެ. މިއުސޫލުގައި ވާގޮތުން މިރަށް ރަށުގެ މީހުންނަށް ވަކި ތާވަލެއްގެ ދަށުން ކޮންމެދުވަހަކުވެސް އޭޓީއެމްގެ ޚިދުމަތް ލިބޭނީ ގިނަވެގެން 15 މީހުންނަށެވެ. ހަފްތާއަކު 5 ދުވަހަށް މިހުއްދަވަނީ ދީފައެވެ.

5 ޚިޔާލު

  1. ހަރު އެއްޗެއް އަޅައިފި އެޔޮއް ހުރިހާދުވަހު ގޮވީ ކޮސް

    6
    1
  2. ރާއީ 8 މަސްތެރޭ ކުމުންދޫގައި އެޅި އޭޓީއެމް ކޮބައިތަ

  3. ކޮންމެމީހަކައް އޭޓީ އެމެއް ބަހައްޓަންވީ

    1
    1
  4. 1000 ދަށުގެ އާބާދީގެ ރަށްރަށުގެ ރައްޔިތުންގެ ހާއްޤު ކޮބާ؟

  5. މިޔޭ މިބުނާވާހަކަ އަކީ ހދ އަތޮޅުގެ އެހެން ރަށްތަކުގެ ރައީތުން ފެލައިގެން ކުޅުދުށްފުށީ މީހުން އުޅެނީ އެހާތަކެތި އަގުބޮޑު ކޮށްވިއްކަނީ އެނެތްކާ މި ލޮކްޑައުންނާ ގުޅިގެން ވަރަށް އިހާނެތިކޮށް ކަންކަންކުރަނީ ކުޅުދުށްފިށިން އަތޮޅުގެ އެހެން ރައީތުންނާމެދު ޙާލުދެރަވެގެން ޑޮކްޓަރަށްދައްކާލަންވެސް އެރިޔަނުދިން ކުޅުދުށްފުށީ މީހުންނަށްނޫނީ ކާބޯތަކެތިވެސް ނުވިއްކާ އަބަދުވެސް ސިޔާސަތުތަށް ބައްޓަންކޮށްފަހުރީ ކުޅުދުށްފުއްޓައް އަޅުވެތި ވާންޖެހޭގޮތަށް އެހެން ރަށަކަށް ކުޑަކޮށްވެސް ތަރަށްގީގެ ކަމެތްކުރިޔަނޫދީ ހދ އަތޮޅުގެ ރައީތުން ބިކާރީ ކުރީ ކުޅުދުށްފުށީ މީހުންގެ ނުފޫޒުން

Your email address will not be published.

More in ކުޑަ