އިދިކޮޅުގެ ވިސްނުން ތިލަކޮށްލައިފި، ވިސްނުން ހުރީ ބަރުލަމާނީއާއި ދިމާއަށް

gIjbZaFTUYEz4qV4Rbj8NvleY7fEgh71ajA1x2Tg

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެން ނަގާނެ ރާޅަކާއިމެދު ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް އިދިކޮޅުގެ ވިސްނުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ޓުވީޓެއް، އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރަށްވައިފިއެވެ.

މަޖިލިސް މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދެން އޮތީ ދެ ގޮތެއް ކަމަށާއި، މިޓް ޓާމް އިލެކްޝަނަށް ދިޔުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ރިފަރެންޑަމްއަކަށް ދިޔުން ކަމަށެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ މި ސަރުކާރު ބަލިކަށިވެ އަދި އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެ ކަމަށާއި، މިހާރު ރައްޔިތުންގެ އިތުބާރެއް ސަރުކާރަށް ނެތް ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވިއިރު، ކުރީގެ ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ދެ ޓުވީޓެއް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ރީ-ޓުވީޓު ކުރެއްވުމުން ސިޔާސީ ބައެއް ފަރާތްތަކުން ސިފަކުރީ އެއީ ސިޔާސީ މަޝްރަހުގައި އައު ރާޅެއް ނެގުން ފެށުން ކަމަށެވެ.

ފަހުން ރައީސް ނަޝީދުވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނު އެކަނި ޖަލުގައި އިންނެވުން އިންސާފުކަމަށް ނުދެކޭ ކަމަށް ވިދާޅުވެފައެވެ.

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް "އެމްއެމްޕީއާރުސީ" ކުޅިބައިގެ ވާހަކަ ފެންމަތި ކުރަނީ ކޮންމެވެސް ސިޔާސީ އެހެން މަޤްޞަދެއް ހާސިލް ކުރުމަށެވެ. އެ ގޮތުން ސިޔާސީ ބައެއް އަޑުކެނޑުވުމަށާއި، މަޝްރަހުގެ ފޯކަސް އަނބުރާލުމުގެ އުކުޅެއް ގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ގެންނަކަމަށް އެ ބޭފުޅުން ފާހަގަ ކުރަށްވައެވެ.

ފެނާއި ތެލާއި އެކުވެ، ނިޒާމު ބަދަލު ކުރަން އާނބަސް ބުނުމަކީވެސް ސިޔާސީ އެދުންވެރިކަމުގައި ނުވެ ނުދާނެ ކަމެއްކަންވެސް ޤަބޫލު ކުރަންޖެހޭކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. ސަބަބަކީ ސިޔާސީގައި އޮންނާނީ އަބަދުވެސް އިންޓަރެސްޓުކަމަށް ވާތީއެވެ. މިކަމުގައި އިދިކޮޅުގެ އިންޓަރެސްޓަަކަށް ވާނީ ރައީސް ޔާމިނަށް ލުއި ގޮތް ހޯދުމާއި، މިސަރުކާރު ބަލިކަށި ކުރުމާއި ބައިބައި ކުރުމެވެ. އެ މަސައްކަތް އެބޭފުޅުން އެބަ ކުރަށްވައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި