ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި މީހަކު މަރުވި ކަމަށް ބުނެ މީސްމިޑިޔާގައި ބަޔަކު ޖޯކު ޖަހައިފިއެވެ. މީސްމީޑީޔާގައި މިހާރު ދައުރުވަމުންދާ ވާހަކައަކީ ދޮގެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައެވެ.

ފޭސްބުކްގައި އަހުމަދު މުއާޒް ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިފް އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވެސް ޓެގުކޮށްފައިވެއެވެ.

Ad
rt

އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ މީސް މީޑިއާގައި އެފޮޓޯ ފުރަތަމަ ހިއްސާކުރި ފަރާތުންވަނީ އެޕޯސްޓް ޑިލީޑްކޮށްލާފައެވެ.

އެޗްޕީއޭ ޓެގްކޮށް އޭނާ ވަނީ އެކުވެރިޔާ އަށް ހެޔޮ ދުއާ ވެސް ކޮށްފަ އެވެ. ގިނަބަޔަކަށް މިއީ ހަޤީގަތެއްކަމަށް ހީކޮށް ޝެއަރ ކޮށް އެޕޯސްޓްއަށް ވަނީ ގިނަ ކޮމެންޓްތަކެއްވެސް އައިސްފައެވެ.

މިކަމަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ހުރި ކޯވިޑް19 އަށް ޕޮސިޓިވްވި މީހަކު ބާތު ޓަބުގައި މަރުވެފައި އޮތް ކަމަށް ބުނެ ސޯޝިއަލް މީޑީޔާގައި ދައުރު ކުރާ ފޮޓޯ އަކީ ހަޤީގަތާއި ޚިލާފު ވާހަކަ އެއްކަމުގައި ދަންނަވާކަމަށެވެ.

މި ނާޒުކު ދަންޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝިއަލް މީޑީޔާގައި މިފަދަ ދޮގު މަޢުލޫމާތު ފެތުރި މައްސަލަ މި ސާރވިސްއިން ތަޙްޤީޤުކޮށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ދަންނަވަން. މި ޕޯސްޓް ޝެއަރ ކުރައްވާފައިވަ ބޭފުޅުން ވެސް އެ ޕޯސްޓް ޑިލީޓް ކުރައްވާ އަދި އިތުރަށް ޝެއަރ ނުކުރެއްވުމަށް ދަންނަވަން.

ފުލުހުން ބުނެފައިވެއެވެ.

ކޯވިޑް19 އާ ގުޅިގެން ދޮގު މަޢުލޫމާތު ފަތުރާ މައްސަލަ ތަށް އެ ސަރވިސްއިން ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ތަޙްޤީގު ކުރަމުން ދާނެ ކަމަށާއި އަދި މިފަދަ އަމަލުތައް ނުހިންގެވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

އޮޅުވެލިން ވާހަކަ ދެއްކި މީހަކުވަނީ އެރަށުގައި މިފަދަކަމެއް ހިނގައިފާނުވާކަން ކަށަވަރުކޮށްދީފައެވެ. މިފަދަ ނާތަހުޒީބުކަމެއް ކުރުމުން މިކަން ކުރި މީހުންނަށް އަންނީ ފާޑުކިއުން އަމާޒުވަމުންނެވެ. މިއީ މަޖަލަކަށް ޖޯކުޖަހަންވެސް ކުރަން ހެޔޮވާ ޒާތުގެ ކަންކަން ނޫންކަމަށް ގިނަބަޔަކު މީސްމީޑިޔާގައި އަންނަނީ ބުނަމުންނެވެ.

ރާއްޖެއިން މިހާތަނަށް 1513 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލިން 242 މީހަކު ރަނގަޅުވެ، މިބަލީގައި މަރުވެފައި ވަނީ ފަސް މީހެކެވެ.