މަޢުސޫމް އިސްތިއުފާ ދެއްވައިފި
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ގޮތުގައި ހުންނެވި މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މަޢުސޫމް އިސްތިޢުފާ ދެއްވާފައިމިވަނީ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފައިވަނިކޮންނެވެ. މައުސޫމް މިއަދު އާންމުކުރެއްވި ލިޔުމެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތ...