އުރީދޫ މޯލްޑީވްސްގެ އީކޮމާރސް ޕްލެޓްފޯރމް، މޫލީއަށް އެއް އަހަރު ފުރުނުއިރު، 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
"މޫލީ" މިޕްލެޓްފޯމަކީ ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލައިޒްކޮށް، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުރީދޫއިން އެކުލަވާލާފައިވާ ޕްލެޓްފޯމެކެވެ.
ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލްކުރުމަށް އުރީދޫއިން "މޫލީ"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފްކުރީ 2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ.
މި ޕްލެޓްފޯރމް މެދުވެރިކޮށް 14 ކެޓެގަރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް އުފެއްދުމެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ވަނީ ފަހިވެފައެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.
މޫލީގެ ޚިދުމަތް ލިބޭނީ އުރީދޫގެ "މައި އުރީދޫ" އެޕުންނެވެ. މިޚިދުމަތް ހޯދުމަށް މިއެޕަށްލޮގިން ކުރެއްވުމަށްފަހު ފޯން ނަމްބަރު ޖެހުމާއެކު މޫލީއަށް ލޮގިން ވެވޭނެއެވެ. އަދި އެއަށްފަހު މޫލީއިން ލިބެން ހުރި ތަފާތު ސާމާނުތައް ބަލާލެވޭނެއެވެ.
އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް ގަންނަ ތަކެއްޗަށް "އުރީދޫ އެމް-ފައިސާ" އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެކަމަށެވެ. އަދި ކަސްޓަމަރުން ގަންނަ ތަކެތި އޯޑަރުކުރާތާ އެންމެ މަދުވެގެން 3 ދުވަސްތެރޭ ޑެލިވަރީކޮށްދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!