ކޯވިޑް19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 5،041 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ޖުމްލަ 5041 މީހުން ކޯވިޑު-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 140 މީހަަކަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބީ 1.478 މީހުންނެވެ. އަދި މިއާއި އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ، 2.218އަށް އިތުރުވެފައެވެ.

Ad
rt

ފާއިތުވި 24 ގަޑިއިރު ތެރޭ 143 މީހަކު ވަނީ ކޯވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި، 28 ބަންގްލަދޭޝް މީހުންނާއި، 6 އިންޑިއާ މީހުންނާއި، 2 ނޭޕާލު މީހުންނެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ޕޮޒިޓިވްވެފައި ވަނީ ގުރޭޓާ މާލެ އޭރިއާއިންނެވެ. އަދި 3 މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 13 މީހުންނެވެ. މިއާއި އެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދުވެސް ވަނީ 2،804އަށް މަތިވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން ނިޔާވެފައި ވަނީ 19 މީހުންނެވެ.