ކާމިޔާބީގެ ސިއްރަކީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދިނުން: އިމްރާން
މި ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުން ދަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. 88 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ޚާއްޞަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހުނަރާއި ގާބިލިކަން ބޭނުން ކޮށްގެން ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މަސްތުވާ ތެކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު...