ވިޔަފާރިވެރިންނަށް ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބާއްވަން ނިންމައިފި އެވެ.

އޮންލައިން ސެޝަންއެއް ބާއްވަން ނިންމާފައިވަނީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ރާއްޖެ - ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Ad
rt

ކުޅުދުއްފުށީ ކައުންސިލް އިދާރާއިންކޮށްފައިވާ އިޢުލާނެއްގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށީގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިފެރީން މުދާ ގެނައުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން ރެޖިސްޓްރީ ކުރެއްވުމަށެވެ. އެގޮތުން އޮންލައިން ސެޝަންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ގޫގުލް ފޯމް ލިންކް https://tinyurl.com/y5x9tcg6 މެދުވެރިކޮށް، ނަން ނޯޓު ކުރުމުގެ ފުރުސަތު 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާއިންވެސް ވަނީ އެރަށުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު މިމަހުގެ 30 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެއިދާރާއަށް ވިޔަފާރީގެ ނަން، ވެރިފަރާތުގެ ނަން، އައިޑީ ކާޑު ނަންބަރު، ފޯނު ނަންބަރު އަދި މެއިލް އެޑްރެސް އަންގަވައި ދެއްވެވުން އެދޭކަމަށް ބުނެފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6527185 ފޯނަށް ގުޅުއްވުން އެދެމެވެ. މި ސެޝަން ބާއްވަން ނިންމާފައިވާ ވަކި ތާރީޙްއެއް އެއިޢުލާނުގައި ބުނެފައެއް ނުވެއެވެ.