ކުރެވުުނު ކުށަށް ތައުބާވެ، މައާފަށް އެދި 7 ދަޢުވާއަށް އަދީބު އިއުތިރާފުވެއްޖެ

Ahmed Adheeb

އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ އަށްވެސް އެމަނިކުފާނު އިއުތިރާފުވެވަޑައިގަންނަވާކަމަށާއި ކުރެވުނު ކުށްތަކަށް ތައުބާވެ، ސަރުކާރާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާބެހޭ ހަތް ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައެވެ. މި މައްސަލަތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު އަލުން ފަށާފައި މި ވަނީ، އެ މައްސަލަތައް ކުރިމިނަލް ކޯޓުން މީގެ ކުރިން ބޭރުކޮށްލުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންމުން އެ މައްސަލަތައް ކުރިމިނަލް ކޯޓުން އަލުން ބެލުމަށް އަމުރުކުރުމުންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަށްވެސް އިއުތުރާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަތަކަކީ އަޅުގަނޑު ނުކިޔައިދީފި ނަމަ، ދައުލަތަށް އެނގޭނެ ވާހަކަތަކަކެއް ނޫން، އެދެނީ އެކަމަށް އިންސާފުވެރި ނިޔާއެއް ކަނޑައެޅުމަށް އަދި މައުލޫމާތު ހިއްސާ ކުރުމަކީ، އިސް ވާޖިބެއްގެ ގޮތުގައި ދެކެން އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،"

ކޯޓުގައި އަދީބު ވިދާޅުވި އެވެ.

ސަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހަތަރު އަހަރާއި ފަސް އަހަރު ދެމެދުގެ މުއްދަތެއްގައި މިހާރުވެސް އެކި އަދަބުތަކުގައި ހޭދަކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން މިހާރު ދެމުން އަންނަ ކަމަށާއި މިހާރު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަން ފާހަގަ ކުރަމުން އަދީބު ވަނީ އޭނާއަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަދީބުގެ މިއިޢުތިރާފާއި ގުޅިގެން ގާޒީ އަދީބުގެ ކިބައިން އެއްސެވީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. އެއާއިއެކު ދެން ގާޒީ އެއްސެވީ އެއްބަސްވުން ހެދިއިރު ހުރީ ހަމަ ބުއްދީގައި ތޯ އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ ހަމަ ބުއްދީގައި ހުރެ ހެޔޮ ނިޔަތުގައި ކަމަށެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާގެ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަންކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގައި ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި ދެން އަދީބުގެ މައްޗަށް ހުރި ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އުމުރުގެ ބާކީ އޮތް ދުވަސްތައް ޖަލުގައި އޮތުން ރަނގަޅުކަމަށް ފެނޭ
    މިހެން މިބުނީ ރަނގަޅަށް ދަޢުވާ ކޮއްފިނަމަ މީނާ އެއްބަސްވާނެ ކުރީގެ ރައީސް މަރާލަން ލޯންޗު ގޮއްވި ކަމަށްވެސް

  2. ރަނގަޅަށް ދަޢުވާ ކޮއްފިނަމަ މީނާ އެއްބަސްވާނެ ކުރީގެ ރައީސް މަރާލަން ލޯންޗު ގޮއްވި ކަމަށްވެސް

  3. އަޅުގަނޑު އަދީބަށް މައާފް ކޮށްފާނަން، އެކަމަކު މައާފު ކުރެވޭނީ ބަދަލުގައި ފުލެޓެއް ދިނުމުން. . .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *