ރާއްޖޭގައި އަމަލުކުރަމުން އަންނަ ވަޒީފާއާބެހޭ ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސައިން، " ދައުލަތުން އެދެނީ ބަދަލުގައި ދޭ މުސާރަ އާއި އިނާޔަތް އެއް އަހަރަށް ލިމިޓްކުރަން" މިސުރުހީގެ ދަށުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާކުރައްވާ އެމަނިކުފާނުގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އަމަލުކުރަމުން އަންނަ ވަޒީފާއާބެހޭ ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ނޫންކަމަށާއި އެ ޤާނޫނުގައިވާ އުނިކަންތައްތަކެއްގެ ސަބަބުން ބަދަލުގެ ނަމުގައި ނުހައްގު މުއްސަދިކަން ލިބިދީފައިވާލެއް މަދެއްނޫންކަމަށެވެ.
"ޢަދުލުވެރި ބަދަލު" ގެ މަފްހޫމަކީ ވަޒީފާ ގެއްލުނު މުއްދަތު ކަލްކިޔުލޭޓު ކޮށްފައި ކަނޑައަޅާ ޢަދަދަކަށްވުރެ ފުޅާ މަފްހޫމެކެވެ. ރާއްޖޭގެ ވަޒީފާއާބެހޭ ޓްރެބިއުނަލުން އެމަފްހޫމު ކަނޑައަޅަމުން އަންނަގޮތް ރަނގަޅެއްނޫނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެފައިވެއެވެ.
ފާއިޒު ހިއްސާ ކުރައްވާފައިވާ ޚަބަރުގައި ބުނެފައިވަނީ ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކިކޮށްފައިވާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވެނީ އެއް އަހަރު ދުވަހަށްވާ މުސާރަ އާއި އިނާޔަތްތައް ކަމަށް ކަނޑައަޅަން ސުޕްރީމްކޯޓްގައި ދައުލަތުން ވަކާލާތު ކުރުމުން ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ޤާނޫނީގޮތުން އުފެދޭބަޔެއް ކަންކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އަންނަނީ އެމަނިކުފާނުގެ ހިޔާލު ފޭސްބުކްގައި ހިއްސާކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!