ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި، ބޭއިންސާފާއި ހިތްދަތިކަންކަމަށް ލިބުނު އިތުރު މީހުންވެސް އެބަތިބި ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަންކަމަށް ވިދާޅުވެ، ޝިދާތާ މިއަދު ކުރެއްވި ޓުވީޓަށާއި، ފޭސްބުކް ޕޯސްޓަށް ރައްދު ދެއްވަމުންނެވެ.

Ad
rt

ޝިދާތާގެ އުދާސްތައް މީސް މީޑިޔާއަށް ދޫކޮށްލަމުން މިއަދު ވިދާޅުވެފައި ވަނީ މިއަދަކީ އެކަމަނާ ޖެންޑަރ މިނިސްޓަރކަމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރޭ ދުވަސްކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި އެކަކަށް އެކަމަނާ ވާނެކަމަށެވެ.

''ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކުރަން. އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާއި ކުރިމަތިލީ މީހަކަށް ވާނެ އަޅުގަނޑު، ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްޤުގައި ބިރެއްނެތި ވަކާލާތުކުރިން، މިއަދު އަޅުގނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައިސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް. އެހެން ނަމަވެސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއްނެތް، ދާނީ ކުރިއަށް އިންޝާ ﷲ''

ޝިދާތާ ވިދާޅުވެފައި ވެއެވެ.

ޝިދާތާގެ މި އުދާސްތަކަށް ރައްދު ދެއްވަމުން ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމް ވިދާޅުވީ، އެ ބޭއިންސާފު އިތުރު އެތައް ބަޔަކަށް ލިބިފައިވާ ކަމަށެވެ.

''ތިޔަ ބޭއިންސާފު ވަނީ ވަރަށް ގިނަ ފަރާތްތަކަކަށް ލިބިފައި، ކޮބާތޯ އެނާޒުކު ވަގުތު ޕީޕީއެމުން ވަކިވި 12 މެންބަރުން، 7 އަހަރު ވަންދެން މަގުމަތީ ބުރަކޮށް މަސައްކަތްކުރި އެމްޑީޕީގެ އެކްޓިވިސްޓުންތައް، މިއެންމެން ވެސް ތިބީ ތި ވިސްނުމުގައި''

ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ސަރުގައި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޖަލުގެ ގޮޅިތަކުގެ ތެރޭގައި ހުންނެވިއިރު، ބިރު ފަހަނައަޅައި ނުކުންނަވާ އެޕާޓީ ތަމްސީލްކޮށް އޭރުގެ އިދިކޮޅުގައިގެ އިސް ސަފުގައި މަސައްކަތްކުރެއްވި އަދާލަތު ޕާޓީގެ މަދު އިސް މެންބަރުން ތެރޭގައި ޝިދާތާ ހިމެނި ވަޑައިގަންނަވާއިރު، މެންބަރު ނާޒިމަކީ ވެސް ހިތްވަރާއެކު އިސްލާޙީ މަސައްކަތުގައި އުޅުއްވި އެމްޑީޕީގެ މެންބަރުން ތެރޭ ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ. ރައީސް ނަޝީދު ޖަލައްލުމުން، ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ކަންކަން ފަހި ކުރެއްވުމުގައާއި، އެނބުރި ގައުމަށް ވަޑައިގެންނެވޭނެ ހެން އެ ވެރިކަން ބަދަލުކުރަން އޭރު މަގުމަތީ ބިރެއްނެތި އުޅުއްވި އެމްޑީޕީގެ ބައެއް މޫނުތައް ވެސް މިވަގުތައް ވަނީ މަންޒަރުން ގެއްލިފައެވެ.

އެ މަސައްކަތުގައި އޭރު ބައިވެރިވި މަޝްހޫރު 12 މެންބަރުން ތެރެއިން، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީންގެ ކޮއްކޮ، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ޙުސައިން މަނިކަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރކަން ދެއްވާފައިވާއިރު، ބާކީ މެންބަރުން ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ. ބާކީ އަނެއް ދިހަ މެންބަރުންގެ މާބޮޑު ހިލަމެއް މިވަގުތު ނެތެވެ.