ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ.
އެ ޓްވީޓްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން، މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރޭގައި އަންނަނީ މަލީހް މަގާމުން ވަކިކުރުމުގެ އޮއިވަރު ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!