ބީނާފުށްޓާއި، ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް: ހައި ކޯޓު
ރިސޯޓް ހަދަން ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 2013 ވަނަ އަހަރު ސަރުކާރުން ދޫކުރި ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ އެތަން އަތުލީ […]