އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރަމުންދާއިރު، ދަތިވާގޮތަށް، އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަމުން ދަނީ ރައީސް އޮފީހުން އަންގައިގެން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވެ، އެކަމުގައި ރައްޔިތުންނާއެކުގައި ދޫދިނުމެއްނެތި ރައްޔިތުންނާއެކު ހުންނަވާނެ ކަމަށް ވިދާޅުވެ މިއަދު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެ ޓްވީޓްގައި ިސަރުކާރުން ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބައިވެރިވެފައިވާތަން ފެންނަކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފަ ވެއެވެ.
އެ ޓްވީޓަށް ރައްދު ދެއްވައި، އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ތިއްބެވީ ރައީސް ޞާލިޙާއެކު ސަރުކާރު ދިފާޢުކުރަން ތައްޔާރަށް ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ތަޅުމުގައި ވާހަކަ ދައްކާއިރު ނިޒާމީ ނުކުތާ ނަގަން އަންގަނީ ރައީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ތިޔަވާހަކަ ރައީސް ނަޝީދު ދެއްކެވިއެއްކަމަކު ބާރުގަދައީ ކޯލިޝަން ސަރުކާރުގައި، އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޞާލިޙާއެކު ސަރުކާރު ދިފާޢުކުރަން ތައްޔާރަށް، އޮޕޮޒިޝަން މެންބަރުން ތަޅުމުގައި ވާހަކަ ދައްކާއިރު ނިޒާމީ ނުކުތާ ނަގަން އަންގަނީ ރައީސް އޮފީހުން، ޤައުމު މިއޮތީ ޕަވަރ ބެލެންސް ގެއްލިފައި، ދެރަ'' އާދަމް ޝަރީފް ވިދާޅުވި އެވެ.
Thiya vaahaka @MohamedNasheed dhekkeviyeh kamaku baaru gadhaee coalition sarukaarugai. MDP ge gina MPs thibee RIMS aaiekugai sarukaaru dhifaau kuran thayyaarah! Opposition ge MP vaahaka dhakkaairu nizaamee nuguthaa nagan anganee PO in. Qaumu miothee power balance gellifai. Dhera!
— Adam Shareef Umar (@Adamshareefz) March 27, 2021
އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، މަދު މެންބަރުން ކޮޅެއް ހިމެނޭ އިދިކޮޅު ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލިސްގައި ބަހުސްކުރަށްވާއިރު، ބަހުސަށް ދަތިވާގޮތަށް އެމްޑީޕީގެ މަދު މެންބަރުން ކޮޅެއް އާންމު ގޮތެއްގައި ނިޒާމީ ނުކުތާ ނަންގަވައެވެ.
އެމްޑީޕީގެ އެ މެންބަރުން އެހެން ހައްދަވަނީ ރިޔާސަތުން ރައީސް ނަށީދު އިރުޝާދު ދެއްވައިގެން ކަމަށް ވެސް މީގެކުރީން އިދިކޮޅު ބައެއް މެންބަރުން ވަނީ ތުހުމަތު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!