އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވީ ކެނޑިޑޭޓުން ނިސްބަތްވާ ޕާޓީއަށް ނުވަތަ ވައުދު ތަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ރައްބެއް، ރަސޫލެއް ވާކަމަށާއި، ދީނެއް އޮތްކަން ހަނދާންވާނެ ފަދަ ކެންޑިޑޭޓުން ބަލައިގެން ކަމަށް ސެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ސެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވީ ކުލަ ކުލައަކަށް ނޫން ކަމަށެވެ. އަދި ކެހިވެރި ޝިއާރު ތަކަކަށް ނޫނީ، މީހަކު ދައްކާ ދަޅައަކަށް ވެސް ނޫން ކަމަށް ސެއިޚް ވިދާޅުވިއެވެ.

Ad
rt

''ވޯޓު ދޭންވީ ޤިބްލަ، ދީން ވެރިޔާއަށް، ތިމާއަށް ރައްބެއް ރަސޫލެއް ދީނެއް އޮތްކަން ހަނދާންވާނެ މީހާއަށް، ފައިސާގައި ނުޖެހޭތި، ނަމަނަމަ!!''

ސެއިޚް ވިދާޅުވިއެވެ.

ސެއިޚް ޒައިދު މިނަސޭހަތް ދެއްވާފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުން ދަނީ ކެމްޕެއިން ކުރަމުންނެވެ.

މިގޮތުން ހިނގާ ކެމްޕެއިންގައި ބައެއް ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓުން ވާފަދަ ބޮޑެތި ވަޢުދުތައް ވަމުންދާއިރު، އަނެއްބައި ކެންޑިޑޭޓުން ދަނީ ދާއިރާގެ އެމްޕީއާއި ރައީސުލް ޖުމްހޫރިއްޔާގެ ފޮޓޯވެސް އެ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރުގައި ހިމަނާ ކެމްޕެއިން ކުރަމުންނެވެ.