ކިރުފެލާން ގެންގުޅޭ ބަކަރި ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަ: ބޮންޑޭ
ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) މިއަދު އިސްލާހު ކުރުމާއިއެކު އެކަމަށް އިޝާރާތްކުރައްވާ ބޮންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަަމަށެ...