މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިި ދެކޮޅަށް މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންވާ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުން ސޮއިކޮށް ނޫސް ބަޔާނެއް ނެރެފިއެވެ.
މި ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބިލުގައި ހުށަހަޅާފައިވާ އިސްލާޙު ގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ޤާނޫނުން ބާރު ލިބިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެންނަ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ތައް ދިވެހި ރައްޔިތުން ގެންދަނީ ފާޅުކުރަމުން ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނޭކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަދި ޤާނޫނުލްއުޤޫބާތަށް ހުށަހެޅިފައިވާ އިސްލާޙުގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރު ކުރެވި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ i އަދި ii އޮތް ގޮތުން އެއްވެސް ޖެހިލުމެއް ނެތި الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ބަދު ބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވަން މަސައްކަތް ކޮށް އެކަމާއި ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ޤާނޫނީ ކުށެއް ގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަ ކުރުން އެއީ ޤާނޫނު ހުއްދަ ކުރާކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އިސްލާހްތަކާއެކު ޤާނޫނުލް އުޤޫބާތު އިޞްލާޙު ވެގެން ދިޔުމަކީ މާލޭ ސިޓީ ކައުންސިލްގެ ވެސް ކަން ބޮޑުވުން އޮތް ކަމެއްކަމުގައި އެ ބަޔާނުގައި އެ ކައުންސިލުން ބުނެފަވެއެވެ.
"އެހެން ކަމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 124 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކޮށް އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ i އަދި ii އަށް އިތުރު ކުރުމަށް ހުށަހެޅިފައިވާ އިސްލާޙަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ތަޢާރަޒު ވާ ޤާނޫނޫއަސާސީ އާއި ޚިލާފު އިސްލާހެއް ކަމުގައި ދެކޭތީއާއި، އެ އިސްލާހުގެ ސަބަބުން ދިވެހިންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނާއި، الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ޤާނޫނަކުން ހުއްދަ ކުރެވޭ ކަމަށް ބެލެވޭތީ އާއި އަދި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައެޅުމުގެ އިސްލާހާއި ދެކޮޅެވެ." މާލޭ ސިޓީކައުންސިލުން ބުނެފަވެއެވެ.
އެބަޔާނުގައި މާލޭ ސިޓީކައުންސިލުން ވަނީ، އެ އިސްލާހު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންނަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް ގޮވާލާ ކަމަށް ބުނެފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!